އިންޑިޔާގެ ޝިމްލާގައި 3 ދުވަސްވަންދެން ފަސް މީހަކު ވެގެން ގުރޭޑް 12 ގައި ކިޔަވަމަވުން ދިޔަ ކުއްޖެއް ރޭޕް ކޮށްފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑީޔާގެ ނޫސްތަކުން ބުނެފައިވަނީ އިންޑިޔާގެ ސުކޫލެއްގައި ކިޔެވަމަމުން ދިޔަ ދެ އަންހެން ކުއްޖަކު ގެޔަށް ނައިސްގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ފުލުހުން ބޮޑު ސަރަހައްދެއް ބަލާ ފާސް ކުރަނިކޮށް މިދެކުދިން ފެނުނު ކަމަށެވެ.

ރޭޕްކޮށްފައިވާކަން މިދެކުދިން ފެނުނު ވަގުތު ހާމަކޮށްފައި ނުވާ ކަމަށާއި ރޭޕް ކުރިކަމަށް މިތަނުން އެެެއް ކުއްޖަކު ބުނެފައިވަނީ ފުލުހުން މިކުދިން ގެއްލުނީ ކިހިނެތްތޯ ތަޙްޤީޤް ކުރުމަށް އެކުދިންނާއި ސުވާލު ކުރުމުން ކަމަށް ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

މިކުއްޖާ ބުނާ ގޮތުގައި މިކުއްޖާ ރޭޕްކޮށްފައިވަނީ އެކުއްޖާގެ އަވަށުގެ 2 މީހަކާއި އިތުރު ތިން މީހެއް ވެގެންނެވެ. އަދި ފަސް ދުވަސް ވަންދެން ގިނަ ފަހަރު މަތިން މިކުއްޖާ ރޭޕްކޮށްފައިވެއެވެ.

އިންޑިޔާގައި ރޭޕްގެ މައްސަލަ އަކީ އާއްމު މައްސަލައަކަށް ވެފައިވާއިރު، މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ފުލުހުން ދަނީ މިމައްސަލަ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    އަދިވެސް އަހަރެމެން އިސްލާހްކުރަން އުޅޭ ބަލަ ތިމާގެއަމިއްލަޤައުމު އިސްލާހްކޮއްބަލަ ލަދުން ބޯހަލާކް މޯދީމެން ޕިސްޕިސް ،