އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ކައިވެނި ކުރިތާ ދެގަޑިއިރުގެ ތެރޭގައި ހިތް ހުއްޓިގެން މަރުވެއްޖެއެވެ.

މިސްރުގެ އަލް މަންސޫރާ ސިޓީގައި މި ހާދިސާ ހިނގިއިރު، އެ އަންހެން ކުއްޖާގެ ފިރިމީހާ ބުނީ، އެ މީހުންގެ ކައިވެނީގެ އުފަލުގައި ބޭއްވި ކައިވެނީގެ ހަފްލާއަށްފަހު އަނބިމީހާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. އެ ހަފްލާގައި އޭނާއަށް ވަރުބަލި ފިލުވއިލުމުގެ އެއްވެސް ފުރުސަތެއް ނުލިބުނުއިރު، އެދުވަހު އޭނާ ހުރީ ނުވެސް ކައި ކަމަށް އޭނާގެ ފިރިމީހާ ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެންމެ ފުރަތަމަ އަނބިމީހާ އުޅުނީ ފުރަމޭގައި ވަރަށް ބޮޑަށް ރިއްސާތީއެވެ. އަދި ކުއްލިއަށް އޭނާ ބިން މައްޗަށް ވެއްޓުކަމަށާއި، އޭނާ ވެއްޓުނީ ކައިވެނީގެ ހަފްލާ އޮތް ގޭގައި ހުއްޓައި ކަމަށެވެ. އެއާއި އެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

އެ އަންހެން ކުއްޖާއަކީ އަދި ހައި ސްކޫލް ނުނިމޭ ކުއްޖެއް ކަމަށް ވެއެވެ. އޭނާގެ ކުއްލި މަރާއެކު ފުލުހުން މިހާރު ދަނީ އެކަން އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ. އަދި އޭނާ މަރުވީ، ކީއްވެތޯ ބެލުމަށް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު