ދަރިންނާއި އަންހެނުންނަށް ޖީންސް ލާން ހުއްދަ ނުދިން ފިރިހެނެއްގެ ފުށުން ސަލާމަތްވުމުގެ މަގުސަދުގައި، އޭނާ "ލޯ މަތިން ގެއްލުވާލައިފިއެވެ.

މި ހަފްތާ ތެރޭގައި އިންޑިއާގައި ހިނގި މި ހާދިސާގައި މަރާލާފައިވަނީ އެޤައުމުގެ ފުލުހެކެވެ. އެ އާއިލާއިން އެ ފުލުސް މީހާ މަރާލާފައި ވަނީ ދެ މީހަކަށް ފައިސާ ދީގެންނެވެ. އޭނާ މަރާލުމަށް އޭނާގެ ހަތަރު ދަރިންނާއި އަނބިމީހާ ވަނީ ގުޅިގެން 88000 ޕައުންޑް ހަރަދު ކޮށްފައި ވެއެވެ.

އިންޑިއާގެ އަވަށެއްގައި މި ހާދިސާ ހިނގިއިރު، އެ ފުލުސް މީހާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އާދީއްތަ ދުވަހު އުއްތަރްޕަރަދޭޝްގެ ޖަންގްޝަނެއްގެ ތެރެއިންނެވެ. އެއީ އެ އާއިލާ މީހުން ދިިރިއުޅޭ ހިސާބާއި މާ ދުރުނޫން ހިސާބަކުންނެވެ. މި މައްސަލާގައި އެ ފިރިހެން މީހާގެ ހަތަރު އަންހެން ދަރިންނާއި، އޭނަގެ އަނބިމީހާ ހައްޔަރުކޮށްފައިވާއިރު، އެ މީހުން ވަނީ އެ މީހާ މަރާލުމަށް ބަޔަކަށް ފައިސާ ދިންކަމަށް އެއްބަސް ވެސް ވެފައެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާގެ އަނބިމީހާ އާއި އޭނާގެ ދަރިން ތިބީ، އެ ފިރިހެން މީހާ އެކި ކަންކަމުގައި ގަވާއިދު ބޮޑުކަން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި ބޮޑަށް ރުޅި އައި އެ މީހުން ޖިންސު ލުން މަނާ ކުރުމުންކަމަށް ވެއެވެ.

ފުލުހުން ބުނިގޮތުގައި، އެ ފުލުސް މީހާގެ ހަށިގަނޑު ފެނުމާއެކު އެކަންތައް ކުރީ ކޮން ބައެއްކަން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފެށީ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ފުލުހުން އެ ފިރިހެން މީހާގެ އަނބިމީހާގެ ފޯން ކޯލްތަކުގެ ރެކޯޑްތައް ބެލިއެވެ. އަދި ފުލުހުންނަަށް އެނގުނުގޮތުގައި، އެ އަންހެން މީހާ ވަނީ އެއް ނަމްބަރަކަށް ވަަރަށް ގިނައިން ގުޅާފައެވެ.

އެ އަންހެން މީހާ އެ ނަބްރަށް ގުޅަން ފެށީ ފުލުހަށް ބަޔާން ދިނުމަށް ގެންދިޔަ ފަހުންނެވެ. އެހެންކަމުން އޭގެ ފަހުން ފުލުހުން ދިޔައީ އެ އަންހެން މީހާގެ ހަރަކާތްތައް ވަރަށް ގާތުން ބަލާފައެވެ. އަދި ފުލުހުން ވަނީ ސީސީޓިވީ ފޫޓޭޖްގެ އެހީގައި އޭނާ މަރާލާފައި އެއްލާލާފައި އޮތް ދިމާވެސް ހޯދާފައެވެ. ފުލުހުން ބުނީ، އެ ފުލުސް މީހާ މަރާލީ ވަަރަށް ގިނަ އެފަދަ ކުށްތައް ކުރާ މީހެއްގެ އެހީގައި ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވީނަސް

    މިހާރު އެތިބީ ޖިންސް ލައިގެން.