ގިނަ ބަޔަކަށް ޤަބޫލުކުރެވޭގޮތުގައި، ފަސް ހިއްސު ސަލާމަތުން ހުރުމަކީ ވަށައިގެން ހިނގާ ހުރިހައި ކަމަކާއި ފެންނަ ކަންކަން އެންމެ ރަނގަޅަށް އެނގި ދެނެގަނެވޭ ކަމެކެވެ. އެހެނަސް ސައިކޮލިޖިސްޓުންގެ ނަޒަރުގައި މިއީ މުޅިއަކުން ހަޤީޤަތެއް ނޫނެވެ. އެކި މީހުނަށް އެއް މަންޒަރެއް އެއްތަނަކުން ފެނުނު ކަމުގައިވީނަމަވެސް، ތަފާތު ގޮތްގޮތަށް ސިފަވާ ސިފަވުން މިކަމުގެ ހެއްކަކަށް ފުދެއެވެ.

ތިމާ ދިރިއުޅޭ މާޙައުލުގައި އެހެން މީހުނަށް ތިމާއަށް ފާހަނގަނުވާ ކިތަންމެ ކަމެއް ފާހަނގަ ކުރެވިދާނެއެވެ. މިއީ ލޮލުގެ ފެނުން ދަށްވުމުން، ނުވަތަ ލޯ ފުސްވުމުން ނުވަތަ ފެނުމުގެ ޙިއްސު ސަލާމަތުން ނެތުމުން ދިމާވާ ކަމެއް ނޫނެވެ. އެ ތަނަކުން ގިނަ ކަންކަން ފެންނަ ނަމަ އެ ހުރިހައި ކަމަކަށް ސަމާލުކަން ނުދެވުމަކީ މިކަމުގެ ސަބަބެއް ކަމަށް ސައިކޮލިޖިސްޓުން ޤަބޫލުކުރެއެވެ.

މިގޮތަށް ދިމާވަނީ ލޮލުގެ މައްސަލައަކުން ނޫން ކަމުގައިވާއިރު، ފެންނަ ކަމެއްގެ ތަފާތުތައް ދެނެގަތުމަށް ނޭނގެނީ ނުވަތަ އެފަދަ ކަންކަން ފާހަނގަކުރަން ފަސޭހަ ނުވަނީ، އެ ހުރިހައި މަޢުލޫމާތެއް ސިކުނޑީގައި އެއްފަހަރާ "ޕްރޮސެސް" ކުރުމުގައި އެކި މީހުންގެ ވިސްނުން ތަފާތުވުން ކަމަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ތިރީގައި މި ހިމަނައިލަނީ އެފަދަ ތަސްވީރެއްގެ މިސާލެކެވެ.


 

މިއީ ގިނަ ބަޔަކަށް ތަސްވީރުގައިވާ ތަފާތު ދެނެގަންނަން އުނދަގޫވި ދެ ތަސްވީރެވެ. ބަލާބެލުމަށް އެއްގޮތް ނަމަވެސް ވަރަށް ބޮޑު އަދި ގިނަ ތަފާތުތަކެއް ދެ ތަސްވީރުގައި ވެއެވެ. ފުރަތަމަ ތަސްވީރަކީ އަސްލު ފޮޓޯ ކަމުގައިވާއިރު، ދެވަނަ ފޮޓޯއިން އޭގެ ބައެއް ބައިތައް ވަނީ އުނިވެސް ކޮށްފައެވެ.

ދެ ތަސްވީރުގެ ތަފާތަކީ ކޮބާ؟

ފުރަތަމަ ފޮޓޯއަކީ އަސްލު ފޮޓޯއެވެ. ދެވަނަ ފޮޓޯ އަކީ އެޑިޓްކޮށްފައިވާ ފޮޓޯއެކެވެ. އެންމެ ފުރަތަމަ ފުރަތަމަ ފޮޓޯއަށް ނަޒަރު ހިންގާލާށެވެ. އޭގެ ކަނައަތްފަޅިން ފަރުބަދައިގެ ހިޔަނި އެޅިފައިވާ ބައި ހޯދާށެވެ. އެއަށްފަހު ދެވަނަ ފޮޓޯއިންވެސް ހަމަ އެ ސަރަޙައްދު ހިމެނޭ ބައި ބަލައިލާށެވެ. ތަފާތަކީ އަސްލު ފޮޓޯއިން އެ ސަރަޙައްދުގައި މީހުން ތިބި މަންޒަރު ފެންނަ ނަމަވެސް، އެޑިޓްކޮށްފައިވާ ފޮޓޯގައި އެ މީހުން ނެތްކަމެވެ. މިއީ ފާހަނގަ ކުރުމަށް ފަސޭހަ، އާދައިގެ ކަމަކަށް ވީނަމަވެސް، ގިނަ ބަޔަކަށް މިކަން ކާމިޔާބުވީ ޖަވާބު ބަލައިލުމުމުންނެވެ.