މި ހާދިސާއަކީ 2003 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި ހާދިސާއެކެވެ. އެމެރިކާގެ ކުރީގެ އެއާލައިނެއް ކަމަށްވާ ބޮއެންގ 727 ކުއްލިއަކަށް ގެއްލުނީ އެންގޯލާގެ ކުއަޓްރޯ ޑި ފެވެރޭރިއޯ އެއާޕޯޓަށް ޖައްސާފައި އޮއްވާ ބަޔަކު ގޮސް ވަގަށް ގެންދިޔަ ފަހުންނެވެ.

އެ މަތިންދާ ބޯޓު ކުއްލިއަކަށް ގެއްލުމާއި ގުޅިގެން ބޮޑު އޮަޕަރޭޝަނެއް ކުރިއަށްދިޔައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިިންގި އެ އޮޕަރޭޝަންގައި އެމެރިކާގެ އެފްބީއައި އާއި ސީއައިއޭ އިން ކުރިއަށް ދިޔައެވެ. ނަމަވެސް އެ ބޯޓުގެ އަސަރެއްވެސް ނުފެނުނެވެ.

އެހެން ނަމަވެސް އިނގޭހާ އެއްޗަކީ އެ 2003 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 5:00 ޖެހި އެހާކަން ހާއިރު އެ ބޯޓަށް ދެ މީހަކު އެރިކަމެވެ. އޭގެ ތެރޭން އެކަކީ އެމެރިކާގެ ޕައިލެޓް އަދި އިންޖީނިއަރ ބެން ސީ ޕަޑިއްލާ އެވެ.އަދި ދެން ހުރީ މެކޭނިކެކެވެ.

އެ ދެ މީހުންނަކީ ބޮއެންގގެ ބޯޓުތައް ދުއްވުމުގެ ހުއްދަ އޮތް ބައެއް ނޫނެވެ. އަދި އެ ބޯޓަކީ ތިން މީހުންގެ އެހީގައި ދުއްވޭ ބޯޓެއް ކަމަށްވާއިރު، އެ ބޯޓު ރެޑީ ކުރުމުގައި އަންގޯލާ މެކޭނިކުންގެ އެހީތެރިކަން ހޯދިކަމަށް ވެއެވެ.

އެ ބޯޓު އެ އެއާޕޯޓުން ނައްޓާލީ އެއްވެސް ވަރަކަށް އެއާ ޓްރެފިކް ކޯންޓްރޯލާއި ވާހަކަދެއްކުމެއް ނެތިއެވެ. އަދި އެ މަތިންދާ ބޯޓު ރަންވޭ އާ ދިމާލަށް ގޮސްފައި ވަނީ ރަންވޭ ކްލިޔާ ނުކޮށެވެ. ޓަވަރުގައި އެ ވަގުތު ހުރި އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރ އެ މަތިންދާ ބޯޓާއި ކޮންޓެކްޓް ކުރަންވެސް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ، އެ މަތިންދާ ބޯޓު ނައްޓާލީ ލައިޓްވެސް އުޅުވުމެއް ނެތިއެވެ.

އެ މަތިންދާ ބޯޓު ގެއްލުމުގެ ކުރިން އެޓްލާންޓިކް އޯސަން ހުރަސްކުރިއެވެ. އޭގެ ފަހުން އެ ބޯޓުގެވެސް އަދި އެ ބޯޓުން ދަތުރު ކުރި ދެ މީހުންގެވެސް ހަބަރެއްވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު