އަންހެންކުއްޖަކަށް ފުރައްސާރަކޮށްގެން ލަކްނައިގެ 3 ފުލުހެއް ސަސްޕެންޑްކޮށްފި އެވެ.

ލަކްނައުގެ 2 ފުލުހުން ވަނީ ވެނިކަލް ޗެކްއަޕްގެ ތެރެއިން ޖަނެޝްވަރް މިޝްރާ ޕާކްކައިރީގައި ދަނޑިބުރިން އަންހެން ކުއްޖާ ގައިގަ ޖަހާފައި އެވެ.

އޭގެ އިތުރުން އެހެން ހާދިސާއެއްވެސް ވަނީ ހިނގާފައި އެވެ. އެ ފުލުހުން ވަނީ ތަހުގީގަކާއި ގުޅިގެން ގެޔެއް ބަލާ ފާސްކުރުމުގެ ތެރޭގައި އެގޭގައި އުޅޭ މީހެއްގެ އަތްބަކާއެކީ ބަދުއަޚްލާޤީ އަމަލު ހިންގުމަށް މަސައްކަތް ކޮށްފައި އެވެ. އެ ފުލުހުންވެސް މިހާރު ވަނީ ސަސްޕެންޑްކުރެވިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުރަތަމަ ހާދިސާގައި އެ އަންހެންކުއްޖާގެ ގައިގަ ޖެހިއިރު ހުރި އެއް ފުލުސްމީހާ އާއި ދެމީހުންނެވެ. އެއީ އެކުއްޖާގެ ބަޔާނުގައި އޭނާގައިގަ ދަނޑިބުރިން އެއް ފުލުސްމީހާ ޖެހިއިރު އަނެއް ފުލުސްމީހާ އެކަންތައް ހުއްޓުވަން ނޫޅުމުގެ ސަބަބުންނެވެ. އެ ދެފުލުހުންނާއިމެދު ފިޔަވަޅު އެޅުމަށް އެކުއްޖާ ބަޔާން ދިނުމުން ފުރަތަމަ ވަނީ މައްސަލަ ނުބެލުމަށް ނިންމާފައި އެވެ. ނަމަވެސް މީޑިޔާގައި އަޑުގަދަވުމުން ފިޔަވަޅުއެޅުމަށް މަޖުބޫރުވީ އެވެ.

ދެވަނަ ހާދިސާ ކިޔައިދެމުން އަންހެންމީހާ ބުނިގޮތުގައި އޭނާގެ ގެއަށް ފުލުހުން އައީ ރޭނގަޑު 12:30 ގައި ކަމަށެވެ. އަދި ފިރިމީހާ އެވަގުތު ގޭގައި ނެތުމުން ކޯޓް އަމުރު ދެއްކުމަށް އެދުނު ކަމަށާއި ނަމަވެސް ކޯޓް އަމުރު ދެއްކުމެއްނެތި ގޭޓް ހުޅުވާފައި ގޭގެ އެތެރެއަށް ވަދެގަތް ކަމަށެވެ. އެގޮތުން އަންހެންމީހާ ފޯނުން ރިކޯޑްކުރުމުން ފޯނު އަތުން އަތުލާފައި ވީޑިޔޯ ފުހެލީ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ޝޯޝަލް މީޑިޔާގައި އެވާހަކަތައް ވަނީ ހިއްސާކޮށްފައި އެވެ،

އެގޮތުން މި ދެ މައްސަލަ މީޑިޔާތަކުގެ އެހީގައި ވައިގަ ހިފުމުގެ ސަބަބުން ފުލުހުންގެ އިސްއޮފިސަލުންނަށް މަގުބޫރުވީ އެ ފުލުހުންނާއިމެދު ފިޔަވަޅު އެޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުޅު

    މިގައުމުގަ ފުލުހަކު ވިޔަސް އަދި ސަރުކާރުގެ އިސްމަގާމެއްގަ ހުރިމީހަކުވިޔަސް ތިފަދަ ކަމެއް ކޮއްފިއްޔާ ލިބޭނީ
    ޕްރޮމޯޝަން

    • ޟ

      ޔަގީން