އަބަދުވެސް ތަކެތީގެ އަގު އަރައިގެން ދާވަހަކަ ދައްކައެވެ. އަގައާއި އަތް ދިމާނުވެގެން އުޅޭ ވާހަކައަކީ އާއްމު ވާހަކަ އެވެ. އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގު މައްޗަށް ދާ ވަހަކަ ދައްކާއިރު، ރެސްޓޯރެންޓްތަކުގައި ވިއްކާ ތަކެތީގެ އަގުވެސް މިދަނީ އަރައިގެންނެވެ.

މިގޮތުން އެމެރިކާގެ ވެރިރަށް ކަމަށްވާ ނިއުޔޯކް ސިޓީގައިވެސް ތަކެތީގެ އަގު ދަނީ އަރައިގެންނެވެ. މުއްސަދިންނާއި ފަޤީރުންގެ ފަަރަގު ބޮޑުވަމުން ދާއިރު، ނިއުޔޯކްގެ ޑޮން ވާގުގައި ސޭންޑްވިޗް އެއްގެ އަގުވެސް 185 ޑޮލަރަށް އަރައިގެން ދެއެވެ. މިއީ ބޮޑުވަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ.

https://www.instagram.com/p/BkTFRpFhHTR/?utm_source=ig_embed

ޑޮން ވާގު ހާމަ ކުރާ ގޮތުގައި މިއީ އެތާންގެ ޚާއްސަ ސޭންޑްވިޗް އެކެވެ. އަދި އާއްމު އަގުތަކުގައިވެސް ސޭންޑްވިޗް އެތަނުން ލިބެން ހުންނާނެއެވެ. މިސޭންޓްވިޗް ދެނީ އެކަމަށް ޚާއްސަ ފޮއްޓެއް ގައެވެ. ނަމަވެސް މިއީ ދުނިޔޭގެ އެންމެ އަގު ބޮޑު ސޭންޑްވިޗް އެއް ނޫނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ސޭންޑްވިޗް ގެ އަގު އުޅެނީ 261 ޑޮލަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު