އެމެރިކާ ރައީސް ޑޮންލްޑް ޓްރަމްޕް އަކީ ކަލެއް ކަމަށް ގަބޫލުކޮށް އިންޑިއާގެ ބަޔަކު ޓްރަމްޕަށް އަޅުކަން ކުރަން ފަށައިފިއެވެ.

ޓްރަމްޕަށް އަޅުކަން ކުރުމުގައި އެންމެ އިސްކޮށް އުޅެނީ ހައިދަރުއާބާދުގެ އަވަށެއް ކަމަށްވާ ޓެލެންގަނާ އަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކްރިޝްނާއެވެ. ކްރިޝްނާ ޓްރަމްޕަށް އަޅުކަން ކުރާތާ މިހާރު ތިން އަހަރު ވެއްޖެއެވެ. އޭނާގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިހާރު ޓްރަމްޕަށް އަޅުކަން ކުރާ ކަމަށް ވެއެވެ.

ކްރިޝްނާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާ ޓްރަމްޕަށް އަޅުކަން ކުރާތީ އޭނާ އަކީ މޮޔައެއް ކަމަށް އަވަށު މީހުން ބުނާ ކަމަށާއި ނަމަވެސް އެކަމަށް ފަރުވާލެއް ނެތް ކަމަށެވެ. "އަހަރެންނަކީ މޮޔައެއް ކަމަށް ބުނެ އަހަރެން ސައިކޮލޮޖިސްޓަކަށް ދައްކަން ވެސް އަވަށުގެ މީހުން ބުނޭ. ނަމަވެސް އަހަރެންނަކީ މޮޔައެއް ނޫން." ކްރިޝްނާ ބުންޏެވެ.

ކްރިޝްނާ ޓްރަމްޕަށް އަޅުކަން ކުރަނީ ޓްރަމްޕްގެ ފޮޓޯއެއް ކުރިމަތީގައި ބަހައްޓައިގެންނެވެ. ހިންދޫ އިން ބުދަށް އަޅުކަން ކުރާ ގޮތައް ޓްރަމްޕްގެ ފޮޓޯއަށް އޭނާ އަޅުކަން ކުރެއެވެ.

ކްރިޝްނާ ބުނާ ގޮތުގައި އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ދެތިން މަސް ދުވަސް ތެރޭގައި ޓްރަމްޕް އަށް އަޅުކަން ކުރުމަށް ހާއްސަ ޓެމްޕަލް އެއް އިމާރާތް ކުރާށެވެ.

ކްރިޝްނާގެ ބޯ ހަމަނުޖެހޭ ޚިޔާލުގެ ސަބަބުން އޭނާގެ މައިންބަފައިން ވެސް މިހާރު ވަނީ އޭނާ ދޫކޮށްލުމަށް ފަހު ގެއިން ނިކުމެގެން ގޮސްފައެވެ.

ޓްރަމްޕް އަށް އަޅުކަން ކުރުމުގެ އިތުރުން ކްރިޝްނާ ދާ ކޮންމެ ތަނަކަށް ޓްރަމްޕްގެ ފޮޓޯއެއް ވެސް އޭނާ ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަލީމް

    ކަލޭ މޮޔައަކަށް ނޫން ދެވަނަ އެއްޗެއްކްމުގައި ނުވާނެ. ޓްރަމްޕް އިންޑިއާގައި މަރުވެއްޖެނަމަ ކަލޭ ދާނެ ދޯ އަލިފާނުން ކަލޭގެ ޓްރަމްޕް ކަލާންގެ އަންދަން.

  2. ސަގަރު

    އިންޑިއާ ތިޔަކިޔަނީ... އަޅުކަންކޮށްފާނެ ގެރިގުޔަށް ވެސް.

  3. ރެޓޭ

    ލާ ޙައުލަވަލާ ޤުއްވަތަ އިއްލާ ބިﷲ!

  4. ޗިއްލޫ

    ބޯހަމަނުޖެހެނީ މިކަލޭގަ އެކަނިތޯ، އިންޑިޔާ ރައްޔިތުން އަޅުކަންނުކުރަނީ ކޯއްޗެކަތޯ؟؟/ ގެރި، ގެރިގުއި، ގާ، ހިލަ މިހެންގޮސް ކިޔާނެކަމެއްނެތް!!!

  5. އެންމެން

    ތިޔަބައި މީހުންނަކީ ޖަނަވާރު ތަކަށާ
    އި ފުރާނަނެތް އެއްޗިއްސަށްވެސް އަޅުކަން ކުރާ މޮޔަގޮވާ ބަޔެކެވެ. އެކަހަލަ ބައެއްގެ ތެރޭގާ އުޅޭ މީހަކު ޓްރަންޕަށް އަޅުކަން ކުރިޔަސް ވަކި ތަފާތެއް ނެތެވެ.

  6. މީ

    استغفر الله استغفر الله استغفر الله استغفر الله استغفر الله استغفر الله استغفر الله