ދުއްވަމުން ދިޔަ ޓްރެކްޓަރެއްގެ ކުރިމަތީ އުމުރުން ދުވަސްވީ މަންމަ ބާއްވާފައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރަން ބޭނުންކުރާ ބިން ހިމާޔަތް ކުރަން އިންޑިއާ މީހަކު މަސައްކަތް ކޮށްފިއެވެ.

އިންޑިއާގެ މަންގްލާ އަވަށުގައި މިހާދިސާ ހިނގަން މެދުވެރިވީ ދަނޑުވެރިކަން ކުރާ ބިމެއްގެ މައްސަލައިގައި ދެއާއިލާ އަކުން ޚިޔާލުތަފާތުވުން އުފެދި މައްސަލަ ކޯޓަށް ހުށަހަޅާ އެންމެ ފަހުން ކޯޓުން ޙުކުމް ކުރުމުން ވެސް އެއް އާއިލާ އިން ޙުކުމް ބަލައިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެވެ.

މައްސަލަ ޖެހިފައިވާ ބިމުގެ ވެރިފަރާތަކީ ކޮބައިކަން ކޯޓުން ކަނޑައެޅި ނަމަވެސް ދަލްވީ ނަމަކަށް ކިޔާ މީހަކު ވަނީ ބިން ދޫކޮށްލަން ދެކޮޅު ހަދާފައެވެ. ބިމުގެ ވެރިފަރާތް ކަމަށް ކޯޓުން ނިންމާފައިވާ މީހުން ބިމުގައި މަސައްކަތް ކުރަން އުޅުމުން ދަލްވީ ވަނީ އޭނާގެ އުމުރުން ދުވަސްވީ މަންމަ އެމީހުން ދުއްވަމުން ދިޔަ ޓްރެކްޓަރުގެ ކުރިމަތީ ބާއްވާފައެވެ.

އަމިއްލަ އަށް ހިނގައި ބިނގައިވެ ނޫޅެވޭ އުމުރުން ދުވަސްވީ މަންމަ ޓްރެކްޓަރުގެ ކުރިމަތީގައި ބޭއްވުމުން ކައިރީގައި ތިބި މީހުން ވަނީ އިރުކޮޅެއް ފަހުން އޭނާ އެތަނުން ނަގާފައެވެ.

ފުލުހުން ބުނީ މުސްކުޅި މަންމަ އާއި މެދު ދަރިފުޅު އިހާނެތިކޮށް ހިތި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އައްޑަނައެއްގެ ގޮތުގައި މުސްކުޅި މަންމަ ބޭނުން ކުރި ދަލްވީ އަދިވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ???

    ފޮޓޯއިން ފެންނަ ގޮތުގައި މަންމަ ހީވަނީ ޅަކުއްޖެއްހެން.

  2. ރިފާ

    މޮޔަޔާ.... ނުފެނޭތަ މުސްކުޅި ވެ އަނަރޫފަ ކައިފަ ނުރަ ޖަހާފަ އިންތަނެއް،

  3. އެއްމެން

    އެމަންމަ ދުޅަހެޔޮކޮށް ހެޔޮހާލުގާ ހުރިނަމަ ދަރިފުޅުގެ ވިޔަފާރީގެ ހިމާޔަތުގާ މަންމަ އަމިއްލަޔަށް ގޮސް އެޓްރަކުގެ ކުރިމަށްޗަށް އަރާ އޭތި ހުއްޓުވަން މަސައްކަތް ކުރީހެވެ. އެހާލަތުގައި ނަމަ މިވާހަކަ އައީހީ ތަފާތު ގޮތަކަށެވެ.