އާންމުކޮށް ޚަބަރުތަކުން އަޑުއިވެނީ މީހަކު ނުވަތަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޚަބަރެވެ. ނުވަތަ ގެއެއް ފާސްކުރާ ޚަބަރެއް ވެސް އަޑުއިވިދާނެއެވެ. ނަމަވެސް ގެއެއް "ހައްޔަރުކޮށްގެން" ފުލުހުން އުޅޭ ޚަބަރެއް އަޑުއިވިފައި އޮތުން އެއީ ވަރަށް ނާދިރު ކަމެކެވެ.

މިއީ މީގެ ކުރިން އިވިފައިވާ ޒާތުގެ ޚަބަރަކަށް ނުވި ނަމަވެސް އެމެރިކާގެ ޑޯވާ ޕޮލިސް ޑިޕާޓްމެންޓް އިން މިވަނީ ގެއެއް ހައްޔަރުކޮށްފައެވެ. ފުލުހުންގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ގެއެއް ހައްޔަރު ކުރި ޚަބަރަކީ ޖޯކެއް ނޫނެވެ. އެއީ ހަޤީޤަތެކެވެ.

މިގެ ހައްޔަރު ކުރަން ޖެހުނީ މަގު މެދުގައި ގެ ހުންނަތާ ހަތަރު ދުވަސް ވުމުންނެވެ.

މިގެ އަކީ ބަޔަކު އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ގެއެކެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ ގެ ހުރީ މަގުމަތިވެފައެވެ. ގެ އުފުލުމުގެ މަސައްކަތް ކުރި ބަޔަކު ހޯދަން ފުލުހުން ހަތަރު ދުވަސް ވަންދެން މަސައްކަތް ކުރުމުން ވެސް ފުލުހުންނަށް ކުރިއެރުމެއް ނުލިބުނެވެ.

މަގުމެދުގައި ބޮޑު ގެއެއް ހުރުމަކީ މަގުން ދަތުރުކުރާ މީހުންނަށް ވެސް ދަތިތަކާއި ދިމާވާ ކަމަކަށް ވާތީ ފުލުހުން ނިންމީ އެންމެ ފަހުން މިގެ ހައްޔަރު ކުރާށެވެ. މިހާރު ގެ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުން ބުނީ ގޭގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތީބު

    މިކަހަލަ ވާހަކަ ބުނީމަ ދިވެހިން ހާޖަތަށް ދެވިދާނެ. އެމީހުނަށް ހީވާނީ ދިރޭ އެއްޗެއްސޭ ހައްޔަރު ކުރެވޭނީ . ހުސްބުޅިން ބާނާ މަސްކާ ބަގަ.