ޓިކްޓޮކްއިން އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މުޙައްމަދު ޔާމިން އަލީ (ޔާމްބެ) ޓިކްޓޮކްއާ ދުރަށް ދިޔަ ހަބަރު އިއްޔެ ގެނެސް ދީފައި ވެއެވެ. ޓިކްޓޮކްގައި އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބި، އިޝްތިހާރުތަކާއި އެ ނޫންވެސް ފުރުސަތުތައް އޭނާއަށް އޮހުނެވެ. އެ ފުރުސަތުތަކުގެ ބޭނުންވެސް އޭނާ ހިފިއެވެ. އަދި ބައެއް ފިލްމްތަކުންވެސް އޭނާ ޖާގަދިނެވެ.

އޭނާ ޓިކްޓޮކްއާ ދުރަށް ދިޔަ ހަބަރާއެކު އާއްމުން އެތައް ކޮމެންޓެއް ކުރިއެވެ. އެހާ ހެއްވާ މަޖާކޮށް ޓިކްޓޮކްގައި އުޅުނު ޔާމްގެ ކުއްލި އެ ނިންމުމާއެކު އެތައް ބަޔަކަށް ޝޮކެއް ޖެހުނެވެ.

23،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި އޭނާގެ ޓިކްޓޮކް އެކައުންޓްގައި ހުރި ހުރިހާ ވީޑިއޯ މިހާރު ވަނީ ނުފެންނަ ގޮތަށް ހަދާފައެވެ. އަދި އޭނާ ފޮލޯ ކުރަމުންދިޔަ ހުރިހާ ފޮލޯވަރުންވެސް ވަނީ އަންފޮލޯކޮށްފައެވެ. އަދި ޓިކްޓޮކް އެކައުންޓަށް ލާފައިވާ އޭނާގެ ފޮޓޯވެސް ވަނީ ރިމޫވްކޮށް، ކަޅު ފޮޓޯއަކަށް ބަދަލުކޮށްފައެވެ.

އިއްޔެ ޔާމްބެ "ވަގުތު"އަށް ބުނީ،ޓިކްޓޮކް ހުއްޓާލީ އެއްވެސް މީހެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. އަދި ވަކި މީހަކު ކިޔާ އެއްޗަކަށް ވެސް ނުބަލާ ކަމަށް ބުންޏެވެ.

އެހެން ނަމަވެސް ޓިކްޓޮކް ހުއްޓާލީ ވަޒީފާއަށް އަހައްމިއްޔަތު ކަމެއް ދިނުމަށް ކަމަށާއި ހިތަށް ނުތަނަވަސް ކަމެއް ލިބޭތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ބޮޑަށް ބޭނުން ވަނީ ވަޒީފާއަށް އަހައްމިއްޔަތުކަން ދޭން. ދެން ހިތަށް ނުތަނަވަސްކަން ލިބޭތީ އާ އެއްކޮށް ހުއްޓާލީ." ޔާމްބެ ބުންޏެވެ.

ޓިކްޓޮކްއާ ދުރަށް ޔާމްބެ ދިއުމާއި ގުޅިގެން އެތައް ބަޔަކު ތަފާތު އެތައް ކޮމެންޓެއް ކުރިއެވެ. އެގޮތަށް ކުރި ކޮމެންޓްތަކާއި ގުޅިގެން ޔާމްބެ ފޭސްބުކްގައި ލިޔުނު ސްޓޭޓަސްއެއްގައި ލިޔެފައި ވަނީ ޓިކްޓޮކް ހުއްޓާލުމުންވެސް ނޭވާ ލެވޭކަށް ނެތް ކަމަށެވެ.

"ރާއްޖޭގައި މި އުޅެނީ މުޅިންވެސް އާދަޔާ ހިލާފަށް މޮޅެތި ގޮތްގޮތަށް ގޮތް ނިންމާ މީހުން، ކޮށްލާފައި ހުންނަ ކޮމެންޓްތަކުންވެސް އަނެކާ ދެރަކޮށްލެވޭތޯ ބަލާފައި"،

ޔާމްގެ ބުނީ، އޭނާ ޓިކްޓޮކްއާ ދުރަށް ދާން ބޭނުންވީ އޭނާ އަމިއްލައަށް ބޭނުން ވެގެން ކަމަށެވެ. އަދި މީހެއްގެ ނުފޫޒެއް އޭގައި އޮވެގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަހަރެންގެ ހިތައް އެ ނިންމުމުން ހަމަޖެހުން ލިބިގެން ގޮއްސި، އެކަމަކު ތިއީ ބޮޑުވަރު ކޮށްލާ ކޮމެންޓްތަކުން، ނެގެޓިވް ވިސްނުން ގެންގުޅޭ އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށި". އޭނާ ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެކުވެރިޔާ

    ދަރިޔާ އެވެރިން އެއްޗެއް ނުކިޔާނެ ގޮތަކަށް ނޫޅެވޭނެ މޮޅު އިތުރުގޮތަކީ ހިރޭ ކަންފަތް ކަހާވެސްނުލައި ތިޔަ ނިންމި ނިންމުމާއިއެކު ބާރަށް ކުުރިޔަށް ދިޔުން

    48
    1
  2. ސަނީ

    ދެން އަނެއްކާ ނުފެށިއްޔާ ރަނގަޅު.. މަރުހަބާ ތިޔަ ނިންމުމައް

    26
    1
  3. Anonymous

    މުޅި މީސްމީޑިޔާއާ ދުރައްދާނ ފެނޭ.

    19
  4. ދަރަނި ދަންތުރަ

    ސާބަސް ރަނގަޅުނިންމުމެއް ، އަމިއްޔަ އިހުތިޔާރުގައި އަމިއްލަކަންކަން ނިންމީމަ އެހެން މީހުން އެކަމަށް އިހުތިރާމްކުރަންވާނެ އަމުދުން ރަނގަޅު ކަންކަމުގައި އެއީ އޭނާގެ އަމިއްލަކަމެއް ...

    28
    1
  5. އަލީ ބުނީ

    ޓިކްޓޮކް ހުއްޓާލާފަ ބުރުގާއެޅީދޯ. ކިހާދުވަހަކު ބުރުގާ އަޅައިގެން އުޅެވޭނެބާ.

    7
    31
    • ހ

      ކަލެޔަށް ކީތް...

  6. ސަޓޯ

    ކޮން ޔާންބެއެއްތަ... އަހަރެމެނަށް ކީއް ؟؟؟

    9
    9
  7. ޣ

    ރަގަޅު ނިންމުމެއް... ރަގަޅު ވަޒީފާއެއް އަދާކޮށް ރަގަޅު މީހަކަށް ވޭ

    12
  8. ހުސާމް

    މީހަކު ޖަހާހަާ ބެރަކަށް ނުޖެހޭ ނަށާކަށެއް، މީހަކު ކިޔާހާ އެއްޗަކަށް ވިސްނާކަށެއް ނުޖެހެއެވެ. ޔޫއަށް މީހެއްގެ ދޫހިފެހެއްޓޭ ހެއްޔެވެ. ނޫނީ ހުއްޓުވި ދާނެކަމަށް ގަބޫލް ކުރެވެނީ ހެއްޔެވެ. ތިބާއަށް ރަގަޅުގޮތް ވިސްނުމުން އެނިންމުމުގަ ހިފަހައްޓާށެވެ. ވަޒީފާގައި ކުރިއަށް ދިއުމުގެ ފުރުސަތު ދެއްވައި އަމާން މާހައުލްއެއް މެދުވެރި ކުރައްވާށެެވެ.

    10
    1
  9. ރަދީފްއޮފިޝިއަލް

    ބިޓު ބުނިގޮތް ކަމަށް ވާނީ