ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަނބިކަނބަލުން އައިޝަތުގެ ފާނަށް ފުރައްސާރަކުރި މީހަކު ސައުދީ އަރަބިއްޔާއިން ހައްޔަރު ކޮށްފިއެވެ.

ސައުދީގެ ފުލުހުން ބުނީ، ގާތްގަނޑަކަށް 30 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ދައުރުވަމުން ދިޔަ ވީޑިއޯއަކާއި ގުޅިގެން ކަމަށެވެ. އެވީޑިއޯގައި އެފިރިހެން މީހާ އައިޝާގެ ފާނަށް ފުރައްސާރަކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ރިޔާދުގެ ފުލުހުންގެ ތަރުޖަމާނު މޭޖާ ޚާލިދް އަލް ކުރައިދިސް ބުނެފައިވަނީ މީސްމީޑިއާގައި މީހަކު ހިއްސާ ކޮށްފައިވާ އެ ވީޑިއޯގައި އައިޝާގެ ފާނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ހަޑި ހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރު ކޮށްފައި. ދެން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކުރަން ޖެހޭ މަސައްކަތް އަންނަނީ މިހާރު ކުރަމުން" އޭނާ ބުންޏެވެ.

އިސްލާމް ދީނަށާއި ރަސޫލާގެ އާއިލާއަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ސައުދީގެ ޤާނޫނު ބުނާ ގޮތުން އަދަބު ދެވޭނެއެވެ.

އައިޝާގެ ފާނަށް ފުރައްސާރަކޮށް ވީޑިއޯއެއް މީސްމީީޑިއާގައި މީހަކު އާއްމު ކޮށްފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ކީރިތި ރަސޫލާގެ ކާޓޫން ކުރެހުމަށް ހުރަސް އެޅުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށާ ކާޓޫން ކުރަހާ މީހުންނަށް ހިތްވަރުދޭނެ ކަމަށް ފްރާންސްގެ ރައީސް ވާހަކަ ދެއްކެވުމުން އިސްލާމީ އުންމަތް ވަނީ އެކަމާއި ދެކޮޅަށް ތެދުވެފައެވެ.

އަދި ފްރާންސްގެ ރައީސާ ދެކޮޅު އިސްލާމީ ގައުމުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އަދި އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ފުޅާ ކެންޕެއިނެއްވެސް ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓަކިބެ

    ތީތި ވަރަށް ސަޅިވާނެ މިއުޅޭ އެމްޑީއެން އޭ ކިޔާ ބައިގަނޑަށް.

    9
    3
  2. ސަލްމާން ބިން ޢަބްދިލް ޢަޒީޒު

    އެއީ ރާއްޖެއެއް ނޫނޭ

    6
    1
  3. ބަދީޢު

    ޔާﷲ މާތް ރަސޫލާއާއި އެކަލޭގެ ފާނުގެ އަހުލުބައިތުންނާއި މާތް އަޞްޙާބުންނަށް ފުރައްސާރަކުރާ ޝައިޠޯނުންނަށް އާޚިރަތުގެ ޢަޒާބުގެ އިތުރުން ދުނިޔޭގެ މުޞީބާތްވެސް ބޮޑުކުރައްވައި ވަރުގަދަ އިމްތިޙާނާ ކުރިމަތިކުރައްވާންދޭވެ. އާމީން!

    14
    4
    • އާވިމް

      މާރަގަޅުވާނެ އެމީހުންނަށް ހެޔޮ ވިސްނޭތޯ ﷲ އަށް ދެންނެވުން.

      4
      1