ޖޯނަސް ގްރޫޕްގެ ނިކް ޖޯނަސްއާއި ކެވިން ޖޯނަސްއާއި ޖޯއީ ޖޯނަސްގެ ''ރިމެމްބަރ ދިސް ޓުއަރ'' ކޮންސަޓުގައި އެ ތިންބެއިންނަށް ހިތްވަރުދިނުމަށް ޕްރިޔަންކާ ޗޯޕްރާ ލޯބި ފޮނުވާލީ ހުދު ކުލައިގެ މީިރު ކޭކަކުންނެވެ.

ހުދުކުލައިގެ ކޭކެއްގައި ރެއިންބޯ ސްޕްރިންކަލް ޖަހައިގެން ފަރުމާ ކޮށްފައިވާ މި ކޭކުގެ މަތީގައި ޖަހާފައިވަނީ ޖޯނަސް ތިންބެއިންގެ ފޮޓޯއެކެވެ. އަދި ކޭކުގެ އަރިމަތީގައި ރަންކުލައިން މަރުހަބާ ޖަހާފައިވެއެވެ.

މި ކޭކުގެ ފޮޓޯއެއް އިންސްޓަގުރާމު ސްޓޯރީގައި ހިއްސާކޮށް ފިރިމީހާ، ނިކް ވަނީ ޕްރިޔަންކާއަށް ޝުކުރު އަދާކޮށްފައެވެ. އަދި ޕްރިޔަންކާއަކީ އެންމެ ރަނގަޅު އިންސާނާކަމަށް ބުނެފައިވާ އިރު އެމީހުންނާއި އެކު ޕްރިޔަންކާ ނެތްކަމުގެ އިހުސާސްވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޕްރިޔަންކާ މިވަގުތު ހުރީ ލަންޑަންގައި އޭނާގެ ކުރިއަށް އޮތް ފިލުމުގެ ޝޫޓިންއަށް ގޮހެވެ. ޕްރިޔަންކާ ދަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ލަންޑަންގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

ޕްރިޔަންކާއާއި ނިކް ޖޯނަސްއަކީ އެދެމަފިރިންގެ ލޯބި މީސް މީޑިޔާގައި ދައްކައިދޭ ވަރަށް ލޯބިން އުޅޭ ދެމަފިރިންނެވެ. ދުރުގައި ދެ ގައުމުގައި ތިބި ނަމަވެސް ދެމަފިރިންގެ ލޯބި ދަނީ ދައްކުވައިދެމުންނެވެ.

ޕްރިޔަންކާއަކީ ހޮލީވުޑާއި ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި އެކްޓަރެކެވެ. އޭގެއިތުރުން ޕްރިޔަންކާއަކީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން އުޅޭ ފަންނާނެކެވެ.

ޕްރިޔަންކާގެ ފިލުމީ މަސައްކަތަށް ބަލާއިރު ބޮލީވުޑު ފިލުމުތަކުން އެންމެ ފަހުން ފެނިފައިވަނީ ''ވައިޓް ޓައިގަރ'' އިންނެވެ. މި ފިލުމަކީ ވަރަށް ކާމިޔާބު ފިލުމެކެވެ.