މީގެ 60 އަހަރު ކުރިން ދުނިޔެއިން ނެތިދިޔަ ކަމަށް ބެލެވުނު ޖަނަވާރެއް ރަޝިއާގެ ފިނި ގަދަ ފަރުބަދަމަތީ ސަރަހައްދަކުން ފެނިއްޖެވެ.

ސާރިދޯޅުގެ އާއީލާއަށް ނިސްބަތްވާ ސައިލުޖެމް ބެއާ އަކީ ދުނިޔެއިން ނެތިގޮސްފައިވާ ޖަނަވާރަކަށް ވިޔަސް ދާދިފަހުން މި ޖަނަވާރު ރަޝިއާގެ ފަރުބަދަ މަތީ ސަރަހައްދަކުން ފެނުމުން ވަނީ އިތުރު ހައިރާން ކަމެއް ލިބިފައެވެ.

މި ޖަނަވާރު ފެނުނީ ރަޝިއާގެ އަލްޓައި ފަރުބަދައިގެ ސަރަހައްދަކުން ފަތުރުވެރިން ތަކަކަށެވެ. ރަޝިއާއި ޗައިނާ ގުޅޭ އިމުގެ ކައިރިން ފެނުނު މި ޖަނަވާރުގެ ފޮޓޯވެސް މިހާރުވަނީ އާންމުވެފައެވެ.

ރަޝިއާގެ މީހުން ދިރިނޫޅޭ ސަރަހައްދަކުން މިޖަނަވާރު ފެނުނު އިރު އެ ސަރަހައްދަކީ މަދުން ނޫނީ ނުފެންނަށް ދޫނިސޫފާސޫފި އުޅޭ ސަރަހައްދެކެވެ.

ނެތި ގޮސްފައިވާކަމަށް ހީކުރެވުނު މި ޖަނަވާރު އަލުން ފެނުމުން ސައިންސްވެރިންނަށް ވެސް ވަނީ ހައިރާންކަން ގެނުވާފައެވެ. މި ޖަނަވާރު ފެނުނު ފަތުރުވެރިއަކު ބުނެފައިވަނީ މިއީ ވަރަށް އާދަޔާ ހިލާފު މަންޒަރެއް ކަމަށެވެ.

ސައިންވެރިން މިހާރުވަނީ 60 އަހަރު ފަހުން ސާރިދޯޅުގެ އާއީލާއަށް ނިސްބަތްވާ ސައިލުޖެމް ބެއާ އާއި ބެހޭ އިތުރު ދިރާސާ ތަށް ކުރަން ފަށާފައެވެ. މިއީ ސައިލުޖެމް ބެއާގެ ނަސްލު އަދިވެސް އެބައޮތް ކަމުގެ ސާފު ހެއްކެއްގެ ގޮތުގައި ސައިންވެރިން ސިފަކުރެއެވެ.

ބައެއް ސައިންވެރިން ގަބޫލު ކުރާ ގޮތުގައި މި ޖަނަވާރަކީ އެއްވެސް އިރެއްގައި ދުނިޔޭގައި އުޅެފައިވާ އެއްޗެއް ނޫނެވެ. އަދި އެއީ ފުލޯކް ވާހަކަ އަކަށް އަމިއްލަޔަށް ހަދައިގެން އުޅޭ ހިޔާލީ އެއްޗެއް ކަމަށް އެ މީހުން ދެކެއެވެ. ނަމަވެސް މިހާރު އެވާހަކަތައް މިވަނީ ބަދަލުވެފައެވެ.