ކައިވެނީގެ ހަފްލާއަކީ ކޮންމެ ދެލޯބިވެރިއެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ މުހިންމު ހަފްލާއެވެ. އެހެންކަމުން ކައިވެނި ކުރަން ރީތި ތަނެއް އިހްތިޔާރު ކުރުމަކީ ކޮންމެ ދެމަފިރިއަކު ވެސް އެންމެ ބޭނުންވާނެ ކަންތަކެވެ. ދިވެހިރާއްޖެ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެއްވަނައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިން ފޯރުކޮށްދޭ ފެންވަރުގެ ޚިދުމަތަކާއި ގާތް ކުރެވޭ ވަރުގެ ޚިދުމަތެއް ވެސް ދެވެނީ މަދު ބަޔަކަށެވެ.

ރާއްޖެ އިން މިވަނީ އަނެއްކާވެސް ފަތުރުވެރިކަމުގެ ދާއިރާގައި ފިޔަވަޅެއް ކުރިއަށް ޖެހިލާފައެވެ. "ފެއަރީ ޓޭލް" ގެ ވާހަކަތަކާއި ކާޓޫންތަކުގައި ފެންނަ ފަދަ ރީތި ތަނެއްގައި ކައިވެނި ކުރުމުގެ ފުރުސަތު މިހާރު ރާއްޖެ އިން މިއޮތީ ލިބެން ފަށާފައެވެ.

ޖުމޭރިއާ ވިއްޓަވެލި ރިސޯޓްގައި މިވަނީ ކައިވެނި ކުރުމަށް ހާއްސަ ފަވީލާ (ޕެވިލިއަން) އެއް ހަދާފައެވެ. ވަށައިގެން ރާއްޖޭގެ ރީތި މޫދު ފެންނަ ގޮތައް ހަދާފައިވާ މިފަވީލާ އަށް އިތުރު ބަދަލުތައް ގެނައުމުގެ ފުރުސަތު ކައިވެނި ކުރާ ދެމަފިރިންނަށް އޮންނާނެއެވެ.

ޖުމޭރިއާ ވިއްޓަވެލީގެ ޖެނެރަލް މެނޭޖަރ އަމިތު މަޖުމްދާ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރިސޯޓްގެ ފަވީލާ ތައްޔާރުކުރެވިފައި ވަނީ ހުވަފެނުން ވެސް ނުފެންނަހައި ފުރިހަމަކޮށް ކަމަށެވެ.

"ރާއްޖެ އަކީ ކައިވެނިތައް ބާއްވަން އެންމެ ފުރިހަމަ އެންމެ ރޮމޭންޓިކް އެއް ގައުމު. މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ފިނޮޅުތަކާއި އަތިރިމަތިތަކުގައި އަދި ކަނޑުއަޑީގައި ވެސް ކައިވެނިތައް ބާއްވާފައި." އޭނާ ވިދާޅުވިއެވެ.

ޖުމޭރިއާ ވިއްޓަވެލީގައި ތައްޔާރުކޮށްފައިވާ ފަވީލާ ހުންނީ އެރިސޯޓުން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.

ޖުމޭރިއާ ވިއްޓަވެލި ރިސޯޓަކީ ބައިނަލްއަޤުވާމީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު

    ގަޑީއިރަކަށް ކިހާވަރެއް ތޯ ފީއަކީ؟

  2. ދިވެއްސަކަށްވީތީ ފަޚުރުވެރިވާ

    ކައިވެނި އެކަނިތަ؟ ވަރި ކުރަންވެސް އެންމެ ރީތި މަންޒިލޒކީ ހަމަ މިއީ. ދުނިޔޭގެ ވަރީގެ ރެކޯރޑްވެސް އޮންނާނީ މި ހިތްގައިމު ރީތި ދިވެހިރާއްޖޭގަ. ކިހާބޮޑު ޝަރަފެއް.
    އަވަށްޓެރި އިންޑިއާގަ އަންހެނަކު ލާިހިކެއްނޫން ކިތްނަމެ އަނިޔާވެފިރިހެނެއްކައިރިންވެސް ވަރިވެގެން ސަލާމަތްވާކަށް. ޖެހޭނީ ހަމ ފުރާނަ އަތްމައްޗަށްލައިގެން ރޯލަ ރޯލާ އުޅެން.
    މީ އަޅެ ދޮގެއްތަ؟

    • ނަންނި

      ދެން ތި ބުނަނީ ހުރިހާ އެން މެން ވެސް ޖެހޭނީ ހެދި ހާ އެއްޗެއް ހެދިގެން ހުންނާ ށޭ ތަ ވަރި މަދު ކުރަން ށޭ ކިޔާފަ

  3. ރައީސް

    ތްަގދބކނޗތޔހބދުޖޗހިިުހވ

  4. މޯޑް

    އަމިތް މަޖުމްދަރު ކައިރީ އަހާބަލަ ތިތަން ހަދަން ކިހެނެންހޭ ފައިސާ ހޯދީ.... އޭނަ ވަނީ ސްޓާފުންގެ ބޯނަސްވެސް ކާލާފަ