ބޮލީވުޑުގެ ސުޕަރ ސްޓަރ ސަލްމާން ޚާންގެ ކައިވެންޏަކީ ފިލްމް އިންޑަސްޓްރީގެ އިތުރުން ސަލްމާން ޚާންގެ ސަޕޯޓަރުން ވެސް އެންމެ އިންތިޒާރު ކުރާ އެއް ކައިވެންޏެވެ.

ލޯބީގެ ގޮތުން ފިލްމު އިންޑަސްޓްރީގެ އެތައް ބަޔަކާއި ގުޅިފައިވީ ނަމަވެސް މިހާތަނަށް އެއިން އެއްވެސް ގުޅުމެއް ކައިވެންޏާއި ހިސާބަކަށް ނުދެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ސަލްމާން އިންތިޒާރު ކުރަމުން ދަނީ ބޮލީވުޑުގެ ބަތަލާ ކެތުރީނާ ކެއިފު ސަލްމާނުގެ ހަޔާތަށް އެނބުރި އަންނާނެ ދުވަހަކަށެވެ. އަދި ބައެއް ފަރާތްތަކުން ބުނާގޮތުގައި ސަލްމާން އިންތިޒާރު ކުރަމުންދަނީ އޭނާގެ މަންމަ ފަދަ ރަނގަޅު އަންހެނަކު ލިބޭނެ ދުވަހަކަށެވެ.

ސަލްމާން ކައިވެނި ނުކުރި ނަމަވެސް ސަލްމާން ވެސް އިންނަން ބޭނުންވާ މީހެއްގެ ވެސް ވަކި ޝަރުތުތަކެއް ހުންނަން ޖެހޭނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ފިލްމު ''ސިންގަމް 3'' ގެ ޕްރޮމޯޝަންގައި ޑައިރެކްޓަރ ރޯހިތު ޝެޓީއާއި އެކްޓަރ ރަންވީރު ސިންގް އަދި ސާރާ ޢަލީ ޚާން ބައިވެރިވި ބިގްބޮސްގެ އެޕިސޯޑެއްގައި ސަލްމާން ވަނީ އެ ސިފަތަކަކީ ކޮބައިކަން ބުނެދީފައެވެ.

ސަލްމާން އިންނަން ކުއްޖަކު ހޯދައި ދިނުމަށް ''ސިންގަމް 3'' ގެ ޓީމުން މަސައްކަތް ކުރާނެ ކަމަށާއި ބޭނުންވާ އަންހެނެއްގެ ހުންނަން ޖެހޭ ސިފަތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ސަލްމާން ބުނެފައިވަނީ ރީތި، އަޚުލާގު ރަނގަޅު، ކައްކަން އެނގޭ، އުމުރުން 28 ހާއި 30 ހުގެ އަންހެން ކުއްޖެއް ކަމަށެވެ.

މި ސިފަތަކުގެ ތެރެއިން ސަލްމާން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ މަންމައާއި އިންނަ މީހަކާއި ދެމީހުން ކޯރަކަށް ވެއްޓި ކޮންމެ ވެސް އެކަކު ސަލާމަތް ކުރަން ޖެހިއްޖެ ނަމަ ސަލާމަތް ކުރާނީ ކާކުތޯ، މިފަދަ ސުވާލު އަހައިގެން ނުވާނެ ކަމަށެވެ.

އެއީ ކޮންމެ ގޮތެއް ވިޔަސް ސަލްމާން ސަލާމަތް ކުރާނީ އޭނާގެ މަންމަ ކަމަށް ވެސް ބުނެފައިވެއެވެ. އެއީ އޭނާއަށް އިތުރު އެހެން އަންހެނަކު ހޯދިދާނެ ކަމަށާއި ނަމަވެސް އޭނާގެ ބައްޕައަށް އިތުރު އަންހެނަކު ހޯދައިދެން ނުލިބޭނެ ކަމަށް ވާތީ ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލް

    ސަލްމާނުގެ އުމުރުވެސް ޖަހާލިނަމަ

    9
    1
  2. އިއުލާން

    58 އަހަރު

  3. ހ

    އޯކޭ...

  4. މުބީނު މާރނީ

    ބަގްޔާޝްރީ ނުއިނީ މާގައިގޯޅި ވަނީއޭ ކިޔާފަ. އައިޝްވަރްޔާ ނުއިނީ އަތްފައި އިސްކުރަނީއޭ ކިޔާފަ. ސަންގީތާ ބިޖްލާނީ ނުއިނީ ތިޔައީ މީހުނާ އިންނަ ވައްތަރެއް ނޫނޭ ކިޔާފަ. ޖޫހީ ނުއިނީ ބައްޕަ ޤަބޫލެއް ނޫނޭ ކިޔާފަ. ކެޓްރީނާ ކައިފް ނުއިނީ އަބަދު ފާރަލަނީއޭ ކިޔާފަ. (އަދި ވެސް އެބަ އުޅޭ އަންހެނުން ގެ ބޮލަށް ކަނޑާލަން !)

    2
    1
  5. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ބައި ގަރުނަ ވީ އިރުވެސް މީހަކު ނުލިބުން ....ބޮޑު ފޫސުއް