ްބޮލީވުޑުގެ އެކްޓަރ ސައިފު ޢަލީ ޚާނާއި އޭނާގެ ކުރީގެ އަނބިމީހާ އަމްރިތާ ސިންގްއަށް ލިބިފައިވާ ފިރިހެން ދަރިފުޅު އިބްރާހިމް ޢަލީ ޚާން ބޮލީވުޑަށް ތަޢާރަފް ވަނީ ކަރަން ޖޯހަރުގެ ފިލުމު ''ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ'' އިންނެވެ.

އިބުރާހިމް ޢަލީ ޚާން މި ފިލުމުން ބޮލީވުޑަށް ތަޢާރަފު ވަނީ އެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ.

މީގެ ކުރިން އިބުރާހިމް ޢަލީ ޚާންގެ ބައްޕަ ސައިފު ޢަލީ ޚާނާއި، ދައްތަ ސާރާ ޢަލީ ޚާން ވެސް ވަނީ ވަރަށް އަވަހަށް އިބްރާހިމް ވެސް ބޮލީވުޑު އިންޑަސްޓްރީގައި މަސައްކަތް ކުރަން ފަށާނެ ކަމަށް ބުނެފައެވެ.

ސާރާ ޢަލީ ޚާން އެކްޓިންގެ ދުނިޔޭގައި ފިލްމަކަށް ފަހު ފިލްމެއް ކުޅެ، އޭނާ ވަނީ ބޮލީވުޑުގައި ނަން ސާބިތު ކޮށްފައެވެ. އެއަށްފަހު އިބުރާހިމް ވެސް އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑު އިންޑަސްޓްރީގައި މި ފެށި އައު ދަތުރަކީ މުސްތަގުބަލަަށް ލިބިގެންދާނެ އިތުރު ތަޖުރިބާއަކަށް ވާނެއެވެ.

އިބްރާހިމް ޢަލީ ޚާނަކީ މިހާރު ވެސް މީސް މީޑިއާގައި އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ފަންނާނެކެވެ. އިބްރާހިމްގެ މަޑުމައިތިރި ކަމާއި، އަދި ބައްޕަ ސައިފު ޢަލީ ޚާނާއި ވައްތަރު ކަމާއި ހުންނަ ފިރިހެންވަންތަ ކަމުން އެތައް ބައެއްގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ފަންނާނެކެވެ.

އިބްރާހިމްގެ މަންމައާއި ބައްޕަ އަދި ދައްތަ ސާރާގެ އިތުރުން ދޮންމަންމަ ކަރީނާ ކަޕޫރު ޚާނަކީ ވެސް ފިލުމީ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަންނާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު