މަސްހޫރު ސްނެޕްޗެޓްގައިވެސް ދެން ގޭމް ކުޅެވޭ ގޮތް ހެދުމަށް ޓެސްޓް ތަކެއް ކުރަން ފަށައިފި އެވެ.

ސްނެޕްޗެޓުން އާންމުކުރި ރިޕޯޓެއްގައި ބުނިގޮތުގައި ސްނެޕްޗެޓުން ގޭމް ތައްޔާރުކުރާނީ ބޭނުންކުރާ ފަރާތްތައް ކަމަށެވެ. އެގޮތުން އެ ގޭމް ތަކަކީ ސްނެޕްޗެޓް އެޕް އިން ކުޅެވޭނެ ގޭމްތަކެއް ކަމަށާއި ކުޅުންތެރިންނަށް ކުޅެވޭނެ ފަދަ ގޭމެއް އަމިއްލައަށް ތައްޔާރުކުރެވޭނެ ކަމަށެވެ.

އަމިއްލަ ބިޓްމޯޖީ ބޭނުންކޮށްގެން ގޭމް ތައްޔާރުކުރާއިރު މި ގޭމްގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަދި މި ގޭމިން ޕްލެޓްފޯމްގެ ސަބަބުން ސްނެޕްޗެޓް އިން ފަހުން ތައާރަފްކުރި އަޕްޑޭޓްސް ތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.

އޭގެ ތެރޭގައި ޕްލޭޔަބަލް ލެންސް ހިމެނެއެވެ. އެހެން ގޮތަކުންނަމަ ކިޔަނީ "ސްނެޕް ބަބަލްސް" އެވެ. މިއީ މިނީ ގޭމްސް މޫނުން ކުޅެވޭނެ ފަދަ ފީޗަރ އެކެވެ.

ސްނެޕްޗެޓްއިން ގޭމް ކުޅެވޭ ފީޗަރ ނެރޭނެ ވަކި ތާރީހެއް ނޭނގުނު ނަމަވެސް ބެލެވޭ ގޮތުގައި މިއަހަރުގެ ތެރޭގައި ސްނެޕްޗެޓްއިން އެ ފީޗަރ ނެރޭނެ އެވެ،

ސްނެޕްޗެޓްއާއި ފޭސްބުކްގައި އެއްގޮތް ކަންކަންތަކެއް ހުންނައިރު މިކަންވެސް ވެގެންދާނީ ފޭސްބުކްއާއި ވާދަކޮށްލާނެ އިތުރު ކަމަކަށެވެ. އަދި އޭރުން ވެގެންދާނީ މަޝްހޫރު 3 ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމް އާއި ފޭސްބުކް އަދި ސްނެޕްޗެޓްގެ ތެރެއިން ގޭމް ނުކުޅެވޭ އެޕް އަކަށް އިންސްޓަގްރާމް އެވެ.

މީގެ ކުރިން އިންސްޓަގްރާމް އިން ސްނެޕްޗެޓުން ތަޢާރަފް ކޮށްފައިވާ ސްޓޯރީގެ ނިޒާމް ކޮޕީކޮށްފައިވާ ކަމަށް ސްނެޕްޗެޓުން ބުނެފައިވާއިރު މިފަހަރު ސްނެޕް ޗެޓުން މިވަނީ ފޭސްބުކްގައި ގޭމްކުޅެވޭގޮތް ކޮޕީކޮށްފައި އެވެ.