ގިނަ ބަޔަކާއި ކައިވެނި ކޮށްގެން އުޅޭ ކެނެޑާގެ 61 އަހަރުގެ މީހެއް ކަމަށްވާ ޖޭމްސް އޯލާ އާއި 53 އަހަރުގެ ވިންސްޓަން ބްލެކްމޯގެ މައްސަލަ ކެނެޑާ ފުލުހުން ބަލަން ފަށައިފިއެވެ.

މިދެމީހުންނަކީ ވެސް ކްރިސްޓިން ދީނުގެ އިސް ދެފާދިރީން ކަމަށް ވެއެވެ.

ބްލެކްމޯގެ 24 އަނބިން ތިބިއިރު އޯލާގެ ފަސް އަނބިން އެބަތިއްބެވެ. މިދެމީހުންގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފެށީ މިދިޔަ ހަފްތާގައެވެ. ކޯޓުން ވަނީ ދެމީހުން ވެސް ހަފްތާ ވަންދެން ގޭގައި ބަންދުކުރަން އަމުރުކޮށްފައެވެ.

ދެމީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ވެސް އެކަކަށް ވުރެ ގިނަ މީހުންނާއި ކައިވެނި ކުރި ކަމަށެވެ. ކެނެޑާގެ ޤާނޫނުތައް ބުނާ ގޮތުން އެއްފަހަރާ އެކަކަށް ވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމަކީ މަނާ ކަމެކެވެ.

ބްލެކްމޯގެ 149 ކުދިން އެބަތިބި ކަމަށް އޭނާ ބުނެއެވެ. އޯލާގެ 12 ކުދިން އެބަތިއްބެވެ.

މިދެމީހުން ވެސް ވަނީ އެމީހުން ގިނަ މީހުންނާއި ކައިވެނިކޮށްގެން އުޅޭ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެމީހުން ބުނެފައި ވަނީ އެއީ ކުށެއް ނޫންކަމަށާއި އެއީ ދީނީ ގޮތުން ކުރުން ހުއްދަ ކަމެއް ކަމަށެވެ.

ކެނެޑާގައި އެކަކަށް ވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމުގެ މައްސަލަ އަކީ 1900 ގެކުރީކޮޅުން ފެށިގެން ޤާނޫނީ ގޮތުން މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް އޭރުސުރެ މިއަދާއި ހަމައަށް ވެސް އެއީ ދީނީއިލްމުވެރިންނާއި ޤާނޫނީ ވަކީލުންގެ މެދުގައި ވަރަށް ބޮޑަށް ބަހުސް ކުރެވޭ ބޮޑު މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލިބެ

    ޙާދަ މިނިވަން ޑިމޮކްރެޓިކް ގައުމެކޭ

  2. ފަޤީރު ކަލޯ!

    ހިތްވަރުކޮށް ކެއްކޮށްލާ! ކޮންމެ ފިރިހެނަކަށް 500 އަނބިން ތިބޭނެ ދުވަސް މިދުނިޔެއިންވެސް ފެނުން ވަރަށް ގާތްވެއްޖެ! ފިރިހެނަކު ނުލިބިގެން އަންހެނުންތައް ދުވެނަގާ ދުވަސް މިހެރެގެން އަންނަނީ! ވަﷲ އަޢުލަމް!

  3. ކޯރުކެނޑި

    ކޮބާމައްސަލައަކީ .. އަހަރެންވެސްމިއުޅެނީ ދެވަނަމީހަކާއިކައިވެނިކުރަންބޭނުންވެގެން އެކަމަކު ދިވެހިއަންކުދިންފޮނިކަމުން ގަބޫލެއްނުވޭ . އެހެންވީމާ ކެނެޑާއަށްދާންވީތާ ..

  4. ކެންދޫ

    29 އަނބިން 29 މީހުން ނަށް ބެހީމަ ނުވާނެދޯ 2 މީހުންނަކަށް.

  5. ކެންދޫ

    10 އަނބިން ގެންގުޅޭ 7 މީހެއްގެ މައްސަލަ ބަލަން ފަށައިފި...

  6. ސަމާސާ

    އަޅެ 50 ހަމަ ކޮއްލި ނަމަ.