އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯންސް އެންޑް އައި ކިޔާފައިވާ 'ޑާންސް މަންކީ' ލަވައިގެ ކަވާއެއް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ)ގެ އަޑުން ކިޔައި، އެ ލަވައިގެ ޓީޒާ ދައްކާލައިފިއެވެ.

މިއަދު މި ލަވައިގެ ޓީޒާ ދައްކާލައިފައިވާއިރު، މީގެ ދެ ހަފްތާ ކުރިން އެލީ ވަނީ ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ބާޗީ އާއި އެކު ޑާންސް މަންކީ ލަވައިގެ ކަވާ ލަވައެއް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

އެ ޓްވީޓުގައި ލަވައިގެ ކަޑިއެއް ކިޔައި މަންޒަރު ހިއްސާކޮށް ބޮލީވުޑްގެ ފަންނާނަކާއި އެކުވެސް ލަވަ ކިޔާފައިވާ އެލީ ބުނެފައިވަނީ ފުރަތަމަ އިނގިރޭސި ލަވައެއްގެ ކަވާ ސޯންގް "ޑާންސް މަންކީ"ގެ މަސައްކަތް ބާޗީ ސަރ އާއި އެކު ކުރަމުން އަންނަ ކަމަށެވެ.

ކުޑައިރުން ފެށިގެން ލަވަކިޔައި، ލަވަކިޔުމުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ އެލީގެ ރީތި އަޑުން ލަވަ ކިޔަނިކޮށް ހިއްސާކޮށްފައިވާ ވީޑިއޯ ކްލިޕްއިން އިވިގެންދަނީ "ޔޫ، ޔޫ މޭކް މީ، މޭކް މީ، މޭކް މީ ވަންނަ ކްރައި އެންޑް ނައު އައި ބެގް ޓު ސީ ޔޫ ޑާންސް ޖަސްޓް ވަން މޯ ޓައިމް" ޑާންސް މަންކީ ލަވައިގެ މި ކަޑިއެވެ.

މިއަދު ޓްވިޓާގައި ހިއްސާ ކޮށްފައިވާ "ޑާންސް މަންކީ" ލަވައިގެ ޓީޒާވެސް ބަލާލަން ހިތްގައިމެވެ. އެލީގެ ހިތްގައިމު އަޑުން މިއުޒިކީ ރާގެއް ލައްވަމުން އެ ޓީޒާ ފެށިގެންދާއިރު، އެލީގެ ނެށުމުގެ ހަރަކާތެއް ވެސް ޓީޒާގެ ވަކި ހިސާބަކުން ފެނިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އުސްމާނުބެ

    މައިންބަފައިނައް އާރާބާރު ލިބުނު ދުވަހު މިނޫން ކަމެއް ކުރަން ހަމަ ނޭންގުނުބާ،

    54
    1
  2. ސަނީ

    ވަގުތު ނޫސް ނަން ބަދަލް ކިރަންވީ “އެލީއައްްޒަ” އަށް

    30
    3
  3. ހެޔޮ އެދޭ އާންމު ރައްޔިތެއް

    ހެޔޮ ނުވާނެ މިކަހަލަ ނުބައި ކަންތަކުގަ ދަރިން ހަލާކު ކުރަން.

    18
  4. ާަޗީޑި

    ލަވައަށްވެސް ހުތުރު

    30
    2
  5. މުސްލިމް

    މުސްލިމް މައްމައަކާއި މުސްލިމް ބައްޕަޔަކަށް ލިބިފަ ހުރިހަމަ އެކަނި ދަރިފު އިސްލާމީ ތަރުބިއްޔަތާއި ދުރުތިކުރަނީ ކީއްވެގެންބާ!

    20
  6. ހީމް

    އޮޑެއް ނޫންތަ މިހާ ކުޑަކުދިން ލައްވާ މިކަހަލަ ކަންތައް ކުރާތީ؟ ލައްވާ ކުރުވަނީ އޭ މިބުނަނީ އަދި އެއުމުރުގައި އެކުދިންގެ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ މައިންބަފައިން ކަމައްވާތީ.

    10