ދުނިޔޭގެ އެންމެ ހުތުރު ޖަނަވާރުގެ ގޮތުގައި ސައިންސްވެރިން ކަނޑައަޅާފައިވާ ޖަނަވާރުގެ އާއިލާއަށް ނިސްބަތްވާ އެއްޗެއް ފެނިފައިވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

އެފަރާތްތަކާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި، މި ޖަނަވާރު ނުވަތަ މަހުގެ ކެޓަގަރީއަށް ގުނޭ މި އެތި ފެނިފައިވަނީ އޮސްޓްރޭލިޔާ ކައިރީގެ ފުން އަދި ފިނި ކަނޑަކުންނެވެ. ސައިންޓިފިކް ދިރާސާތަކެއް ކުރުމަށް އެސަރަޙައްދު ބެލި ބެލުމުން، މި މަސް ނޫން އެހެން ބައެއް ދިރުންތައްވެސް ފެނިފައިވެއެވެ. އޭގެތެރޭގައި ގިނައީ މުޅިން އަލަށް ފެނުނު ބާވަތްތަކެވެ.

އެންމެ ހުތުރު ޖަނަވާރުކަމުގައިވާ ބްލޮބީ

ބްލޮބީގެ ނަމުން ނަން ދީފައިވާ އެންމެ ހުތުރު ޖަނަވާރުގެ އާއިލާއަށް ނިސްބަތްވާ އެއްޗެއް ހޯދާ، ސައިންސްވެރިން ބުނެފައިވަނީ އެއީ ބްލޮބީގެ "ކަޒިން" އެއްކަމަށެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުން، މި ދިރުންތައް އިތުރަށް ދިރާސާކުރުމުގެ ގޮތުން، ސައިންސްވެރިންގެ ޓީމަކުން، ޓަސްމޭނިޔާގެ ހޮބާޓުގައި މި ހަފްތާ ތެރޭގައި ބައްދަލުކުރުމަށްވަނީ ނިންމާފައެވެ.

ބްލޮބީ ހޯދާފައިވަނީ ނިއު ޒިލެންޑުގެ ކައިރިންނެވެ.

ކިޔުންތެރިންގެ ހިޔާލު