އަންހެން ދަރިފުޅާއި، އަނބިމީހާ ވިއްކާލަން އުޅުނު ފިރިހެނަކު އަތުލައިގެންފައެވެ.

ފައިސާއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ 38 އަހަރުގެ އެ ފިރިހެން މީހާގެ ފަސް ދަރިން ތިބެއެވެ. އޭގެ ތެރެއިން އޭނާ ވިއްކާލަން އުޅުނީ 12 އަހަރުގެ ދަރިފުޅެވެ. އެ ދަރިފުޅު އޭނާ ވިއްކާލަން އުޅުނީ 1.5 ލައްކަ ޕައުންޑަށެވެ. އެ ދަރިފުޅު ވިއްކާލުމަށް މީގެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ މީހަކާއި ބޮންޑް ހަދާފައެވެ.

އިންޑިއާގެ އަވަށަކަށް ނިސްބަތްވާ އެ ފިރިހެން މީހާ އޭނާގެ ދަރިފުޅު ވިއްކާން ބޭނުންވީ އެ ދަރިފުޅު ބޮޑުވުމުންނެވެ. އަދި އެ ފިރިހެން މީހާ ވަނީ އޭނާގެ އަނބިމީހާ 5 ލައްކަ ޕައުންޑަށް އެހެން މީހަަކަށް ވިއްކާލަން ބޮންޑް ހެދުމުގެ މަސައްކަތްވެސް ފަށާފައެވެ.

ނަމަވެސް ފައިސާގެ ދަހިވެތިކަމުގައި އޭނާ ކުރަން އުޅުނު އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ.

އެ އަންހެން މީހާ ވަނީ އެކަން އޭނާއަށް އެނގުމާއެކު އާއިލާ ކައިރިއަށް ގޮސް ފިލާފައެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އަދި ކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ މީހުންވަނީ އެ ފިރިހެން މީހާގެ ގެއަށް ގޮސް އެ ކުދިން ވިއްކާލުމުގެ އެގޭގައި ތިބި 17 އަހަރުގެ އަންހެން ކުއްޖާ އާއި 12 އަހަރުގެ އަންހެން ކުއްޖާ ސަލާމަތްކޮށް އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި އެ އަންހެން މީހާ ވަނީ ދެން ތިބި ކުދިން ގޮވައިގެން އޭނާގެ މައިންބަފައިން ގެއަށް ބަދަލުވެފައެވެ. އެހެން ނަމަވެސް އެ ފިރިހެން މީހާ ދަނީ އެ އަންހެން މީހާއަށާއި ދަރިންނަށް އެކި ގޮތްގޮތަށް އުދަގޫ ކުރަމުންނެވެ.

އެ ފިރިހެން މީހާ ވަނީ، އެއީ އޭނާގެ ދަރިން ކަމަަށާއި، އެ ދަރިންނަށް ބޭނުން ގޮތެއް އޭނާއަށް ހެދޭނެކަމަށް ބުނެފައެވެ. އެ ފިރިހެން މީހާއަކީ އަބަދުވެސް މަސްތުހާލުގައި ހުންނަ މީހެއްކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު