7 އަހަރުގެ ކުއްޖެއް ވަގަށް ނެގުމަށްފަހު ރޭޕްކޮށްލުމަށްފަހު މަރުވާން ޖަންގަލީތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ. އެ އަންހެންކުއްޖާ ވަގަށް ނަގާފައި ވަނީ ސްކޫލް ނިންމާފައި ގެއަށްދިޔަ މަގުމަތީގައި މަދްޔަ ޕްރެޑޭޝް އިން ނެވެ.

އެ ކުއްޖާ ފެނުނުއިރު ވަޅިން ކަރު ވަނީ ކަނޑާލާފައި އެވެ. އަދި މޫނުގެ ގިނަ ތަންތަނަށްވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ.

އަންހެންކުއްޖާ ޒަހަމްތަކާއިއެކު ފެނިފައި ވަނީ ލަކްޝްމާން ޑަރްވާޒާ އިން ބުރާސްފަތިދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ. އެއީ ސްކޫލާއި 7000 މީޓަރ ދުރު ޖަންގަލިއެވެ. އެ ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ފަހުންނެވެ. ޑޮކްޓަރ ބުނި ގޮތުގައި އަންހެންކުއްޖާ މަރުވެފައި ވަނީ ގައިން މާގިނަ ލޭ ބޭރުވެގެން ކަމަށެވެ.

އެކުއްޖާ ފެނުނު ހިސާބުން އޭނާގެ ދަބަހާއި ފެންފުޅިއާއި ކާއެއްޗެހި އަޅާ ދަޅު ވަނީ ފެނިފައި އެވެ. އަދި ހުސް ރާ ފުޅިތަކެއްވެސް އެ ހިސާބުގައި ހުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އަންހެންކުއްޖާ ގެއްލިފައި ވަނީ އަންގާރަދުވަހު ކަމަށެވެ. އަދި އެދުވަހު އެކުއްޖާގެ ބައްޕަ ސްކޫލު ނިމޭ ގަޑިއަށް ބަލައިދިޔަ ކަމަށާއި ނަމަވެސް އެކުއްޖާގެ ބޮޑުބޭބެ އެކީ ގެއަށް ދިޔަ ކަމަށް ސްކޫލުން ބުނިކަމަށް ފުލުހުން ބުންޏެވެ.

ސްކޫލްކައިރީގައި ހުރި ކެމެރާތައް ބަލައިގެން ފުލުހުން ވަނީ މަރާލިމީހާ ހޯދާފައި އެވެ. އެއީ އާއިލާ މީހެއް ނޫނެވެ. ނަމަވެސް އެމީހާ ވަނީ އޭނާ އާއިލާގެ އެމެޖެންސީއެއް ކަމަށްބުނެ އަންހެންކުއްޖާ ގެންގޮސްފައި އެވެ.

އިންޑިޔާ ވެފައި ވަނީ އަންހެނުންނަށް ރައްކާތެރިނޫން ގައުމުތަކުގެ ލިސްޓުގެ އެންމެ މަތީގައި އެވެ.