އަންހެނުންނަކީ އަބަދުވެސް ރީތިވުމަށް ލޯބިކުރާ ބައެކެވެ. އެގޮތުން ރީތިވުމަށް އުސްފައިވާނަށް އެރުމަކީ އަންހެނުން ކުރަމުން އަންނަ ކަމަކެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި އުސްފައިވާނަށް އެރުމަކީ ނުރައްކާތެރި ކަމަކެވެ. އެގޮތުން އަރައިގެން ހުރި އުސްފައިވާނެއްގެ ސަބަބުން ދާދި ފަހުން ވަނީ އަންހެނެއްގެ ފުރާނައަށް ނުރައްކާވެފައެވެ.

ދާދި ފަހުން މެކްސިކޯގެ އަންހެނެއްކަމަށްވާ އުމުރުން 22 އަހަރުގެ މިނެރުވާ ނަމަކަށް ކިޔާ މީހަކަށްވަނީ ފުރާނަށް ނުރައްކާވާ ވަރުގެ ޒަހަމްތަކެއް ލިބިފައެވެ. ފޯނުގައި ހުރެގެން ކާރުބާރު ބޮޑު މަގެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައި މިނެރުވާ އަރައިގެން ހުރި އުސްފައިވާނުގެ ސަބަބުން ކައިރިން ހުރަސް ކުރި ކާރެއްގެ ދަށުވެ ޒަހަމުވެފައެވެ.

މިހާދިސާ ހިންގީ މިނެރުވާ މަގުގެ އަނެއް ފަރާތަށް ދެވެން ކުޑަތަންކޮޅަކަށް ވެފައި ހުއްޓައެވެ. މެކްސިކޯގެ ކާރުބާރު ބޮޑު ހައިވޭއެއްގައި ހިންގި މިހާދިސާ ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާތަކަށް ރިކޯޑް ކުރެވިފައެވެ.

މިހާދިސާގައި ޒަހަމުވި އަންހެންމީހާ މަގުހުރަސް ކުރީ ދުވެފައި ކަހަލަ ގޮތަކަށެވެ. އަދި ކައްސާލި ވަގުތު ދިމާވީ ކައިރިން ކާރެއް ހުރަސް ކުރި ވަގުތާއި އެވެ.

ފޯނުގައި ހުރެ މަގުހުރަސް ކުރުމަކީވެސް ނުރައްކާތެރި ކަމެކެވެ. މިހާދިސާ ހިންގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މިނެރުވާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.

މި އަންހެންމީހާ އަށް ފުރާނައަށް ނުރައްކާވާފަދަ ޒަހަމުތަކެއް ލިބިފައިވާއިރު ހަށިގަނޑުގެ ބައެއް ތަންތަން ވަނީ ބިދި އަނިޔާވެފައެވެ. މި ހާދިސާގައި މި އަންހެންމީހާ ސަލާމަތްވީ ނަސީބު ރަގަޅު ކަމުން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ހާދިސާގައި އަނިޔާވި އަންހެންމީހާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އޭނާނެ ހާލު އަންނަނީ ރަގަޅުވަމުންނެވެ.