އަވަށްޓެރި އިންޑިޔާގެ ހަރިޔާނާ ސްޓޭޓުގެ ބާރު ބޮޑު ސިޓީއެއްގައި އަޅާފައިވާ ހައިވޭއެއްގެ ތަނބުތައް، މީދަލެއް ކޭ ވާހަކަ، ދާދިފަހުން މީޑިޔާގެ ސަމާލުކަން ހޯދާފައިވެއެވެ. އެތައް ބަޔަކަށް ޤަބޫލު ނުކުރެވުނު މި ކަންތައް، ސާބިތުކޮށްދިނުމަށް، އެސަރަޙައްދުގެ ސަރުކާރުން ފޮޓޯތަކެއްވެސް އާއްމުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ދާދިފަހުން ވެފައިވާ މި ކަމަކީ އަދި މާ ތަފާތު ކަމެކެވެ. މިކަންވެސް ވެފައިވަނީ އެތައް ބަޔަކަށް، އެންމެ ފުރަތަމަ ޤަބޫލުކަން ދަތިވި ކަމަކަށެވެ.

އެތައް ބަޔަކު ބޭނުންކުރަމުންދާ ހައިވޭގެ ތަނބުތައް ހަލާކުކޮށްލި މީދާއަށް ޚާއްޞަ ސްޓެޗޫ އެއް ނުވަތަ ބުދެއް، އެ ސްޓޭޓުގައިވަނީ ބަހައްޓާފައެވެ. މިކަންކުރި ފަރާތްތަކުން ބުނާގޮތުގައި، މިހެން ކަންތައް ކުރަން ޖެހުނީ މީދާގެ ވަރުގަދަ ކަމުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ބޮޑު ހައިވޭއެއްގެ ތަނބުތައް ހަލާކު ކުރެވޭނީ ވަރަށް ވަރުގަދަ ވުމުންނެވެ.

މި މީދާ ސިފަކޮށްދޭ ބުދެއް ބެހެއްޓުމުގެ އިތުރުން، އެސަރަޙައްދުގެ އާއްމުންވަނީ މި މީދަލަށް ނަމެއްވެސް ކިޔާފައެވެ. އެގޮތުން، ކިޔާފައިވާ ނަމަކީ "ޕެހެލްވާން ޗޫހާ" އެވެ. ދިވެހިން މާނަކުރާ ކަމުގައިވާނަމަ، ރެސްލިންގ ތަޅާ މީދަލެވެ.

މީދާތައް ކެއުމުގެ ސަބަބުން ހައިވޭގެ ބައެއް ވެއްޓުނުއިރު، އެކަން ދިމާވި ސަބަބުން ދެނެގަތުމަށް މަސް ދުވަސް ވަންދެން ތަޙުޤީޤުތަކާއި އެނޫންވެސް ބެލުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެކަންކަން ބެލުމަށްފަހު، މިކަން ކުރިއަށް ގެންދިޔަ ޓީމުން، މިއީ މީދާ ކައިގެން ހިނގި ކަމެއްކަމަށް ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އަމިއްލަ ރައްޔިތުންގެ އިސް ނެގުމުގެ މަތިން ތައްޔާރުކުރި މި ބުދު ބަހައްޓާފައި ހުރީ ހައިވޭ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުޅާ

    މީދަލަކީ ބައެއްގެ ފަރާތުން ނުވަތަ މީހެއްގެ ފަރާތުން ވިޔަސް އެއަށް ކުޑަނަމަވެސް ގޯނާއެއް ކޮށްފިނަމަ ފިސާރި ކުޅިސަމާ ދައްކާލާއެއްޗެއް.އެހެންވީމާ އިންޑިޔާގަ ގެރީގެ ނުފޫޒުގަދަޔަސް ކުޑަކުޑަ މީދަލާއި އަޅަބަލާއިރު ނުވޭ އެއްޗަކަށްވެސް.ރޭޕްކުރާމީހުންނާއި ދެކޮޅަށް މީދަލުގެ ލަޝްކަރެއް ނެރެން ފެނޭ.%100 ނަތީޖާ ނެރޭނެ.