ކައިވެނި ހަފުލާތަކަކީ ވަރަށް އަގުބޮޑު ހަފުލާތަކެކޭ ބުނާ އަޑު ވަރަށް ގިނައިން އިވެއެވެ. ނަމަވެސް ހަފުލާއަށް ދައުވަތު ދެވި ހަފުލާގައި ބައިވެރިނުވާ ފަރާތްތަކުން އެކަމަށް ޗާޖު ކުރުމަކީ ވަރަށް މަދުން އިވޭ އަޑެކެވެ.

ޗިކާގޯގެ ދެމަފިރިން ކަމުގައިވާ ސައިމަންސްއާއި ގީގެ ކައިވެނި ހަފުލާއަށް ދަަޢުވަތު ދީ، ހަފުލާގައި ބައިވެރި ނުވި ފަރާތްތަކަށް ފޮނުވީ އިންވޮއިސްއެކެވެ.

ހަފުލާގައި ބައިވެރިވާނެ ކަމަށް ބުނެ ލިސްޓު ފައިނަލް ކޮށްފައިވާ ފަރާތްތަކުން ފޯނުން ގުޅާލައިގެން ނުވަތަ އެނޫން ގޮތަކަށް ވެސް އެ ދެމަފިރިންނަށް ޚަބަރެއް ނުވެ ހަފުލާގައި ބައިވެރިނުވި ފަރާތްތަކުން އެ ފަރާތްތަކުގެ ކެއުމުގެ ޚަރަދު ދޭން ޖެހޭނެ ކަމަށް މި ދެމަފިރިން ބުނެފައިވެއެވެ.

އިންވޮއިސްގެ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކޮށް ސައިމަންސް ބުނެފައިވަނީ މި އިންވޮއިސް ލިބުމުން ހިތުގައި އެއްވެސް ބަރުކަމެއް ނުބޭއްވުމަށާއި ކަންތައް ވާން އޮތީ މިގޮތަށް ކަމަށެވެ. އަދި ހަފުލާގައި ބައިވެރި ނުވި ފަރާތްތަކަށް މި އިންވޮއިސް މެއިލް ކުރެވިފައިވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި އިންވޮއިސްގައި ލިޔެފައިވަނީ އިންވޮއިސް ފޮނުވާފައި އެވަނީ ކައިވެނި ހަފުލާގައި ބައިވެރިވުމަށް ޔަގީންކަން ދީފައިވާތީ ކަމަށެވެ. އިންވޮއިސްގައިވާ އަދަކީ އެމީހެއްގެ ސީޓަށް އަރައި އަދަދު ކަމަށެވެ.

މީގެ އިތުރުން މި އިންވޮއިސްގައި ލިޔެފައިވަނީ ނާންނަ ސަބަބެއް އަންގާފައި ނުވާތީ އެމީހުން ދައްކަން ޖެހޭ ފައިސާކަމަށް ބުނެފައެވެ. ފައިސާ ދައްކާނެ ގޮތާއި ދައްކަން ބޭނުންވާ ގޮތް އަންގައި ދިނުމަށް ވެސް މި އިންވޮއިސްގައި ލިޔެފައިވެއެވެ.

މި ހަފުލާގައި ބައިވެރިނުވާ ކޮންމެ ފަރާތަކުން ވެސް އެއް މަސްދުވަހުގެ ތެރޭގައި 240 ޑޮލަރު ދައްކަން ޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.

ސައިމަންސްގެ ފޭސްބުކް ޕޯސްޓަށް ވަނީ އެތައް ބައެއްގެ ތަރުހީބު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނީނާ

    ތި ހަމަ ރަގަޅު ކަމެއް މިތާވެސް ކުރަން. ކައިވެނި ހަފްލާތަކަކީ ވ ބޮޑު ހަރަދު ގޮސްގެން ބާއްވާ ހަފްލާތަކަށް ވާއިރު ލިސްޓް ފައިނަލް ކުރީމަ އެޓެންޑްވާންވާނެ ނޫނީ ވާނީ ބޮޑު އިސްރާފަކަށް ދެއްތޯ! އެހެންވީމަ ހަމަ އިންވޮއިސް ފޮނުވަން ރަގަޅު. މަވެސް ހަދާނީ ތިޔަހެން ހެހެ

  2. ރަނގަޅަށް އަދި ތި އިންވޮއިސް ކިޔާލަދެއްވުން އެދެން

    އޭގައި އެވަނީ ކައިވެނި ހަފްލާއަށް ނައިސް ފި ނަމަ ދެންކަންވާނެ ގޮތުގެ ވާހަކަ . ނައިސްފިނަމަ އަދި ނާދެވޭނެ ކަން ޚަފްލާގެ މިވެނި ދުވަހެއް ކުރިން އަންގަން ޖެހޭނެކަމަށް އެއްވެސް ގޮތެއްގައި ޚަފްލާއަށް ނާންނަ މީހުން ނަކަށް ނޫން ތި ފޮނުވީ އެންމެންނަށް 😂😂😂🥴