ޝިލްޕާ ޝެޓީގެ ފިރިމީހާ ބަރަހަނާ ފިލުމު އުފެއްދުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު މިހާރު ޝިލްޕާ ބޭނުންވަނީ އޭނާއާއި ދެ ދަރިން ވެސް ރާޖުއާއި ވަކިން ދިރިއުޅުމަށެވެ.

ދެދަރިން ރާޖުއާއި ދުރުގައި ގެންގުޅެން ބޭނުންވާ ކަމަށާއި ރާޖުއާއި ވަކިން އުޅެން ބޭނުންވާ ކަމަށް ބުނެފައިވަނީ ޝިލްޕާގެ ގާތް ރަހުމަތްތެރިއެކެވެ.

''ރާޖު ކުންދުރާގެ މައްސަލަ އަވަހަކަށް ނެތް ނިމޭކަށް. އޭގެ ބަދަލުގައި ކޮންމެ ހަފުތާއަކު ވެސް މައްސަލަ ދަނީ އިތުރަށް ބޮޑުވަމުން. ރާޖު ކުންދުރާ ބަރަހަނާ ފިލުމު އުފައްދާކަން އެހެެން މީހުންނެކޭ އެއްފަދައިން ޝިލްޕާއަށް ވެސް ވީ ލިބުނު ބޮޑު ހައިރާން ކަމަކަށް. ޝިލްޕާއަށް ލިބުނު ޑައިމެންޑްތަކާއި، އަގުބޮޑު ތަކެއްޗަކީ އެފަދަ ގޯސް ކަމަކުން ލިބިފައި ހުރި އެއްޗެއް ކަމެއް ކުރިއަކު ޝިލްޕާއަކަށް ނޭނގޭ'' ޝިލްޕާގެ ރަހުމަތްތެރިއަކު ބޮލީވުޑު ހަންގާމާއަށް ކިޔައިދިނެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ޝިލްޕާ މިހާރު ބޭނުންވަނީ ރާޖުގެ އެ މުއްސަނދި ކަމުން އޭނާަގެ ދެކުދިން ދުރުކުރާށެވެ. ރާޖުގެ އެންމެ ލާރި ފޮއްޗެއްގައި ދެން ޝިލްޕާ ނުބުހޭނެއެވެ.

ރިއަލިޓީ ޝޯތަކުގައި ޖަޖުކޮށްދީގެން ވެސް އެކަށީގެންވާ އެއްޗެއް އޭނާއަށް ލިބޭ ކަމަށާއި މީގެ ފަހުން ގިނަ ފިލުމުތަކެއް ކުޅެގެން ފައިސާ ހޯދާނީ ކަމަށް ވެސް ޝިލްޕާއާއި ހަވާލާދީ އޭނާގެ ރަހުމަތްތެރިޔާ ބުނެފައިވެއެވެ.

ފިލުމު އިންޑަސްޓްރީގެ ވެސް ގިނަ ފަރާތްތަކަށް މިކަން އަންގާފައިވާނެ ކަމަށާއި ރޯލެއް އޮތްނަމަ އޭނާއަށް ދިނުމަށް ވެސް އެދިފައިވެއެވެ.

ޝިލްޕާގެ ހާލަތަށް ބަލާފައި ޝިލްޕާއަށް ފިލުމުން ޖާގަ ދިނުމަށް ޑައިރެކްޓަރ އަނޫރާގް ބާސޫއާއި ޕްރިޔަދަރްޝަން ވަނީ މިހާރު ވެސް އެއްބަސްވެފައެެވެ.