އިންޑިއާގެ މުމްބާއީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ސިޓީ ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް ލޯބިވެރިޔާާ އާއި އެކު އަމިއްލަ ރަށުގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ޕްރިޔަންކާ ޗޯޕްރާ އަށް އެއީ މައްސަލައަކަށް ނުވެއެވެ.

ޕްރިޔަންކާ މިވަނީ ލޯބިވެރިޔާ ނިކް ޖޯންސް އާއި އެކު މުމްބާއީގެ އަތިރިމަތި ބަލާލަން ޒިޔާރަތް ކޮށްފައެވެ.

އުމުރުން 35 އަހަރުގެ ބަޠަލާ ޕްރިޔަންކާ މުމްބާއީގެ އަތިރިމަތީގައި ހުރެ އިންސްޓަގްރާމް ކުރި ފޮޓޯ އިން ވެސް އޭނާގެ ލޯބިވެރިޔާ އަކީ 25 އަހަރުގެ ނިކް ކަމާއި މެދު މިހާރު އިތުރަށް ސުވާލު އުފެއްދޭކަށް ނެތެވެ.

ޕްރިޔަންކާ އިންސްޓަގްރާމް ކުރި ނިކްގެ ފޮޓޯ
ޕްރިޔަންކާ އިންސްޓަގްރާމް ކުރި ނިކްގެ ފޮޓޯ

ޕްރިޔަންކާ މިހާރު އިންޑިއާ އަށް ކުރަމުން ގެންދާ ދަތުރުގެ މައިގަނޑު ދެބޭނުމެއް އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއް ބޭނުމަކީ އޭނާގެ މަންމަ އަށް ލޯބިވެރިޔާ ނިކް ތަޢާރަފް ކޮށްދިނުމެވެ. ދެވަނަ ބޭނުމަކީ ނިކް އަށް އިންޑިއާ ދައްކާލުމެވެ. ނިކް ވަނީ މީގެ ކުރިން ވެސް އޭނާ ވަރަށް ބޮޑަށް އިންޑިއާ އަށް ޒިޔާރަތް ކުރާހިތްވާ ކަަމަށް ބުނެފައެވެ.

ނިކް އާއި ޕްރިޔަންކާ އެކުގައި ޗުއްޓީ ހޭދަކުރަމުން ދާއިރު އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ކިތަންމެ ހެއްކެއް ދަނީ ފެންނަމުންނެވެ. ނަމަވެސް ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން ދެމީހުން ކުރެ އެކަކު ވެސް އަދި ވާހަކައެއް ނުދައްކައެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ޕްރިޔަންކާ އާއި ނިކް ތިބީ އެމީހުންގެ ގުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި ވަރަށް އުފަލުންނެވެ. އަދި މިގުޅުން ދެމީހުން ވެސް ދެކެނީ ވަރަށް ސީރިސް ގުޅުމެއްގެ ގޮތުގައި ކަމަށް މައުލޫމާތު ދިން މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous
  2. ޖޮއްބެ

    އެހެންތާވާނީ އެސޮރު މާހަގު ވިއްޔަ ޕްރިޔަންކާ އަށްވުރެ.

  3. މޮޔަވެދާނެ

    އަޅެ ފަހެ އެ އޮތީ ބޮޑުއަކުރުން 'ގޯއާ' އޭ ޖަހާފަ. އެކަމަކު ހަމަ މުމްބާއީގެ އަތިރިމައްޗޭ ލިޔެފަ އެއޮތީ ޚަބަރުގަ. އަޅެފަހެ ހަމަ ނުފެންނަނީތަ މި ލިިޔުނު މީހަކަށް؟
    މި ވަގުތުގެ ނޫސްވެރިން ނުލިޔާނެ ޚަބަރަކަށް ވާވަރުގެ އެއްޗެއް. އަދި ލިޔާއިރުވެސް ހަމަ ރޯ ބުހުތާނު ދޮގު. އެ ވަރިހަމަ ލޯކުރިމައްޗަށް ފެންނަން އޮތަސް..

  4. ށަލްމާނު

    މިދުވަސްކޮޅަކު ނިބަލާނެ ވާރެޔަކަށް. ވާރެޔަށް ބަލާނީ މެރީކޮށްނިމުނީމާ.