ވައްކަން ކުރާ މީހުން އެއްވެސް ހައްދެއް ހުދޫދެއް ނެތި އެކަންތައް ދަނީ ކުރަމުންނެވެ. މިހާރު އެ މީހުން އެކަމުގައިވެސް ވަރަށް ޕްރޯއެވެ. އެހެން ނަމަވެސް ގިނަ ފަހަރު މި ވައްކަންތައް އޮންނާނީ ފަޅާއަރާފައެވެ.

މިއީވެސް ވަރަށް ތަފާތުކޮށް ވައްކަން ކުރަން ހިތުލި މީހެކެވެ. އެހެން ނަަމަވެސް އޭނާއަށް ލިބުނީ ބޮޑު ލަޑެކެވެ. އޭނާ ކުރި ވައްކަން ވަނީ ފަޅާއަރާފައެވެ.

އޭނާ ވައްކަންކޮށްފައި ވަނީ ސީސީޓިވީ އިންސްޓޯލްކޮށްފައި ހުރިތަނަކުންނެވެ.

އޭނާ ވައްކަންކޮށްފައި ވަނީ ކަސްރަތު ކުރާކަމަށް ހެދިގެންނެވެ. އޭނާ ވަގަށް ނަގާފައި ވަނީ ފިހާރައެއްގެ ބޭރުގައި ހަރުކޮށްފައި އިން ބޮތްކެކެވެ.

އެ ސީސީޓީވީ ފޫޓޭޖުން ފުރަތަމަ ފެންނަނީ، އެ މީހާ ކަސްރަތް ކުރަން ހުއްޓާއެވެ. އަދި އެ ބޮކި ނަގަން އުޅުނު ތަނުން އެތާ ކައިރިން ލާފައި ކާރެއް ދާން ފެށުމުން ވަގުތުން އެކަން ހުއްޓާލާފައި ކަސްރަތު ކުރާކަމަށް ހެދިގެން އޭނާ ހުރިތަން ފެނެއެވެ.

އެހެން ނަމަވެސް އޭނާ އެތަނުން ގޮސްފައި ވަނީ އެ ބޮކި ވަގަށް ނަގައިިގެންނެވެ. މިކަން ހިނގާފައި ވަނީ ކޮންތަނެއްގައިކަމެއް ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަޚަބަރު

    ކާކު؟ ކޮންތާކު؟ ކިހިނެއް؟ މި ތިން ސުވާލުގެ ޖަވާބު ނެތް ލިޔުމެއްނަމަ އެ ލިޔުމެއްގެ ޞައްޙަކަން ގެއްލޭނެ އެވެ.