ދުނިޔޭގެ އެންމެންގެ ސަމާލުކަން ހޯދި ޕްރިޔަންކާ ޗޯޕްރާއަށް އަނެއްކާވެސް ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު ލިބިއްޖެއެވެ.

މަޝްހޫރު މެގަޒިންެއެއްކަމަށްވާ މެކްސިމްގެ އެންމެ ރީތި (ހޮޓް) 100ގެ ތެރޭގައި އެއްވަނަ ލަގަބު އޭނާއަށް ލިބުނު މިއީ ހަތަރު ވަނަ ފަހަރެވެ. އޭނާއަށް އެ ލަގަބު މީގެ ކުރިން ލިބިފައި ވަނީ، 2011، 2013، އަދި 2016 ވަނަ އަހަރުއެވެ.

އެ މެގަޒިންގެ ބޭރުގަނޑުގައި މިހާރު ވަނީ ޕްރިޔަންކާގެ ފޮޓޯއެކެވެ. އެ މެގަޒިންއިން ޕްރިޔަންކާއަށް ވަނީ ތައުރީފްކޮށްފައެވެ. އެގޮތުން އޭނާއަކީ ހުނަރުވެރިއެއްކަމަށާއި، އޭނާގެ ރީތިކަމުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ސަމާލުކަން އޭނާއަށް ލިބިފައިވާކަމަށެވެ.

ޕްރިޔަންކާގެ ނަން މިހާރު މީޑިޔާގައި ދެކެވެމުންދާލެއް ގިނައެވެ. އޭނާ މި ވަގުތު ހުރީ އިންޑިއާގައެެވެ. ޕްރިޔަންކާގެ ލޯބިވެރިޔާކަމަށް ބުނާ ނިކް ޖޮނަސް އާއެކު އޭނާ އިންޑިއާގައި ހުރިއިރު، މި ދެ މީހުންގެ ގުޅުމަކީ ކޮން ކަހަލަ ގުޅުމެއްކަމެއް އަދި އެއްވެސް ވަރަކަށް އެމީހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަދި މި ދެތަރިން އަންނަ މަސް ތެރޭގައި އެންގޭޖްވުމަށް ނިންމާފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތެއް އަދި ނޭގެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣދނދނދނދނދނދނނ

    ތިޔައްވުރެ އަހަރުން އަންހެނުން މާ ރީތި

  2. ލޮލް

    ރީއްޗެއް ނުން ތީނަ އެއް.... ހޮވީމަ ހޮވިދާނެ ހައްހައް ހާ... މިހާރު ވެސް ރޭކާ މެން ޖޫހީ މަދޫރީމެން ވެސް ތި ޕްރިޔަންކާ އސް ވުރެން ރީތި.. ލޮލް

  3. އައިންތު

    ނޫނޭ ޖޫހީ އެއީ ކުރިން މަށަށް އެންމެ ރީތިމީހާ މިހާރު އޭނަ ހީވަނީ ހަންދަބަސްގަނޑެއްހެން އެކަމަކު ޕްރިޔަންކާ އެއީ ހަމަ އެންމެ ގިނަދުވަހުއެންމެރީތިކޮށް ހުރި އެކަކު އައިޝްވާރިޔާ އަށްވުރެ މަށަށް ރީތީ ޕްރިޔަންކާ