ނަފްސާނީ ބަލިމަޑުކަމަށް އޮތް އެންމެ ރަނގަޅު ޝިފާއަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުންކަމުގައި ދިރާސާއަކުން ދައްކާފިއެވެ.

ކެނޭޑިއަން އެކަޑަމީންކޮށްފައިވާ މިދިރާސާ ބުނެފައިވަނީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ފަރާތްތަކަށް ނަފްސާނީ ބަލިމަޑުކަން ޖެހުމުގެ ފުރުސަތު ކުޑަކަމަށާއި ނަފްސާނީ ބަލިތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ ނުވަތަ ޝިފާއަކީ އަމިއްލަ ނަފްސަށް އިތުބާރުކުރުން ކަމުގައެވެ. ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒު ކުރެވިގެން ގެންދިޔަ މިދިރާސާގެ ނަތީޖާއަށް ބަލާއިރު، ނަފްސާނީ ބަލިމަޑުކަމެއް ޖެހިފައިވާ ކޮންމެ މީހެއްގެ މުގުލުގައިވެސް ނަފްސަށް ގެއްލިފައިވާ އިތުބާރުވާކަން ފާހަގަ ކުރެވިފައިވާކަން މިދިރާސާގައިވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވާވަނީ ނަފްސާނީ ބަލި މަޑުކަމަކުން އަރައިގަންނަން މަސައްކަތް ކުރާނަމަ ކުރަންވީ ކަމަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުން ކަމަށާއި ތެރަޕީ ދޭ ފަރާތްތަކުންވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް ދިނުމަށް އެހީތެރިވެދިނުން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު