ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހަކު ދަންޖެހިފައި ހުއްޓާ އިންޑިއާގެ މުމްބާއި އަވަށުން ފެނިއްޖެއެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ދެ މީހުންގެ ހަށިގަނޑު ފެނުނީ ގަހެއްގައި ދަންޖެހިފައި ތިއްބާއެވެ. ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މި ދެ މީހުންނަކީ އެއް ކުންފުންޏެއްގައި މަސައްކަތް ކުރާ ދެ މީހުންނެވެ. އަދި މި ދެމީހުންވެސް އުޅެނީ ކައިވެނިކޮށްގެންނެވެ.

ފުލުހުން ބުނީ، މި ދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޖަންގައްޔެގެ ގަހެއްގައި ދަންޖެހިފައި ތިއްބާއެވެ.

ފުލުހުން ބުނީ، އިއްޔެ ހެނދުނު މި ދެ މީހުން ދަންޖެހިފައި ތިއްބާ ފެނުނު ނަމަވެސް، އެ މީހުންނަކީ ކޮން ބައެއްކަން ދަނެގަނެވުނީ މެންދުރު ފަހު ކަމަށެވެ. މިހާރު ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ވަނީ ހޮސްޕިޓަލަށް ފޮނުވާލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެ މީހުން ގެއްލިގެން ހޯދަމުން އަންނަތާ ދެތިން ދުވަސް ވެދާނެއެވެ. އެހެން ނަމަވެސް އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ދެ މީހުން މަރުވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    މިފަދަ ވާހަކަތައް ފެތުރުމުން މިފަދަ ކަންކަމަށް ހިއްވަރު ލިބޭ

  2. ފަރީ

    ދެލޯބިވެރިން އެކަމަކު ކައިވެނި ކޮއްގެން ވަގުތުގެ ހަބަރު ތައް ތަންކޮޅެއް ރަނގަޅު ކުރަން ވެއްޖެ އެއްނު

  3. އަލީ

    މިދެމީހުން އުޅެނީ ކައިވެނި ކޮށްގެން. ހަބަރުގަ އޮތީމިހެން. އެކަމު ހަބަރު ސުރުހީގަ އޮތީ ދެ ލޯބިވެރިއަކު ދަންޖެހިފައި ތިއްބާ ފެނިއްޖެ. މިހެން. ނޫސްވެރިންގެ ފެންވަރު.

  4. ީިޕޮނަގޮ

    ޚުރަަ ކަނެތި

  5. ޛޖ

    ބަލަ މަރުވީ ދަންޖެހިގެނެއް ނޫންތަ؟ ދެން މަރުވި ސަބަބު ކީއްކުރަން ހޯދަނީ. ޑެންވެސް ދަންޖެހުނު ސަބަބު ހޯދަބަލަ

    • ޅޯވަޅި

      ބަލަ ދަން ޖައްސާވެސް އުޅޭ

  6. ބަހާރު

    ޚަބަރުގައި އޮތީ "މި ދެ މީހުންވެސް އުޅެނީ ކައިވެނި ކޮށްގެންނެވެ." މީގެ މާނައަކީ އެެ ދެ މީހުން އުޅެނީ އެހެން ދެމީހުނާ ކައިވެނި ކޮށްގެން ކަމަށްވެދާނެއެއްނު.

    • ލާލަ

      އެހެންވިއްޔާ ކިހިނެއް އެނގެނީ މި ދެމީހުންނަކީ ލޯބިވެރިން ކަން؟ ހަމަ ވޯކް ގަ ޖެހުނު މައްސަލައަކުން ދަންޖެހުނީ ކަންނޭނގެ ނުން؟

  7. ޕޮކަންޑިމޭން

    ލޯބިވެރިންނޭ އެބުނަނީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތީވެ.އަދި ކައިވެނިކޮއްގެން އުލޭކަމަށް ލިޔެފައޮތީ 02 މީހުން ވެސް އެއީ މީހުންނާ އިނދެގެންއުޅޭ މީހުންވީމަ.ދިވެހިބަހުން ލިޔެފަ އޮންނައެއްޗެއް ވެސް ދޭހަވާން ވެއްޖެއެއްނު.

  8. Anonymous

    ކާއިވެނި ކުރެވެން ނެތީކަމށް ވެދާނެ.