އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސަނީ ލިއޯން ރާއްޖެ އަތުވެއްޖެއެވެ.

ސަނީ ލިއޯން ވަނީ ރާއްޖެ އައިސް ސަން ސިޔާމް އޮޅުވެލީގައި ހުރެ ނަގާފައިވާ ފޮޓޯއެއް މިރޭ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ. ސަނީ ލިއޯން ވަނީ އޭނާ އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ އާއި ތިން ދަރިންނާއިއެކު ރާއްޖެ އައިސް އޮޅުވެލި ރިސޯޓަށް ދަތުރުކުރި ބައެއް މަންޒަރުތައް ފެންނަ ސްޓޯރީއެއްވެސް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ.

ސަނީ ލިއޯންގެ ސްޓޯރީން އެނގޭ ގޮތުގައި އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޮޅުވެއްޔަށް ދަތުރުކުރީ ލޯންޗެއްގައެވެ. ލޯންޗްގައި ސިނަމާލެ ބުރިޖާއި ދިމާއަށް ދަތުރު ކުރަމުންދާ ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައި ވެއެވެ. އަދި އެއާއިލާ އަށް ރިސޯޓުން މަރުހަބާ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޕޯސްޓް ކޮށްފައި ވެއެވެ.

އޭގެ އިތުރުން ސަނީ ލިއޯންގެ ތިން ދަރިން މޫދަށް އެރިތިބޭ ފޮޓޯއެއް ވެސް ޕޯސްޓް ކޮށްފައި ވެއެވެ.

ސަނީ ލިއޯންގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ގެންދާ އޮޅުވެލި ރިސޯޓަކީ ހަތަރުތަރީގެ ރިސޯޓެކެވެ. އެރިސޯޓްގައި އެއްދުވަސް ހޭދަކުރަން އާއްމުކޮށް ހަރަދުވަނީ ހައެއްކަ ހާސް ރުފިޔާއެވެ.

އިންޑިއާގެ ދެމަފިރިއަކަށް ލިބުނު ނަމަވެސް އޭނާ ދިރިއުޅުނީ އެމެރިކާގައެވެ. އޭނާ އިންޑިއާއަށް ބޮޑަށް ތައާރަފް ވެގެން ދިޔައީ 2011 ވަނަ އަހަރު ޓީވީ ޝޯ ބިގް ބޮސްގައި ބައިވެރިވި ހިސާބުންނެވެ. އޭނާގެ ފުރަތަމަ ބޮލީވްޑް ފިލްމަކީ 2012 ވަނަ އަހަރު ނެރުނު ޖިސްމް-2 އެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވްޑްގެ ހަފިލްމެއް ކުޅެފައެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ މަލިޔާލަމް ފިލްމެކެވެ. އެފިލްމް ރިލީޒް ކުރީ 2019 ވަނަ އަހަރު އވެެ.

މިހާރު އުމުރުން 40 އަހަރު ވެފައިވާ ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއެލްގެ ތިން ކުދިން އެބަތިއްބެވެ. އެތިން ކުދިންނަކީ ވެސް އެޑޮޕްޓް ކޮށްފައިވާ ތިން ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިންޑިއާ އައުޓް

    އެމެރިކާ ގަ އޭނާ ކުޅުނު ފިލްމުތަކުގެ ވާހަކަ ލިއެލިނަމަ ދޯ😂

    21
    4
  2. އަލީ

    މީނަގެ ވާހަކަ ލިޔަންޖެހޭނެ ކޮންމެހެންވެ ސް ނުލާހިކު އިއްފަތްތެރި ކަނބަލެއްވިއްޔަ

    23
    3
    • ޒައިކް

      ހޫން ހުސް އިއްފަތްތެރި އަލިފުންވިއްޔާ ވިއްޔާ ޔޫރަފުން އެ އަންނަނީ

      7
      2
  3. ހުސެންދީ

    މަރިޔަމް ޝާނީ އަށް ވަރަށް ސަލާމް

  4. މުބީނު މާރނީ

    މާތްﷲ އަކީ ރަޙީމް ވަންތަ، ރަޙްމާން ވަންތަ ކަލާނގެ. އިންސާނާ ގެ ހިތް މޮޅަށް ދެނެވޮޑިގެންވާނީ އެ ކަލާނގެ. މި ފިލްމުސްޓާރ ގެ ހިތުގައި އޮތީ ކޯޗެއް ކަމެއް އަހަރުމެންނަކަށް ނޭންގޭނެ. ހަމަ ގައިމުވެސް އޭނާ ކުޅުނު ގޯސް ފިލްމު ތައް ނު ހުއްޓާ ނަމަ، ބޮލީވުޑް ގެ ފިލްމް ކުޅޭ ކަށް ޗާންސް އެއް ނުލިބޭނެ. އޭނާ ތަޢުބާ ވި ކަންވެސް ނުވަތަ ނޫންކަން ވެސް ދެކެދެނެވޮޑިގެން ވާނީ މާތް ﷲ. މި އިންސާނާ ގެ ހިތަކީ ކޮން ފަރާތަކަށް ބިރުވެތިވާ ހިތެއް ކަން ވެސް ދެކެދެނެވޮޑިގެން ވާނީ މާތްﷲ.

    4
    2