2007 ވަނަ އަހަރު އިންޑިޔާގެ ހައިދަރުއާބާދުގައި ހިނގި ބޮންގޮއްވުމުގެ ހާދިސާގައި އޭނާގެ މައިންބަފައިން މަރުވެފައިވާ ކުއްޖެއްގެ ބެލެނިވެރިއަކަށްވި މީހެއްގެ ގަޔަށް 16 ފަހަރު ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިކަން ހިނގާފައިވަނީ މިހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. ޒަޚަމްވި ވީމާ ހަސްފަތާލުގައި ފަރުވާ ދެމުން އަންނަ އިރު، މިމީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތުދެއެވެ.

2007 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ހިނގި ބޮންގޮއްވުމުގެ ސިލްސިލާ ހާދިސާތަކުގައި މިކުއްޖާގެ މަންމަ މަރުވެފައިވާއިރު، މިކުއްޖާގެ ބެލެނިވެރިކަމާ މިޒަޚަމްކޮށްލި މީހާވަނީ ހަވާލުވެފައެވެ. މިކުއްޖާގެ ބެލެނިވެރިކަމާ ހަވާލުވެފައިވަނީ ހިންދޫ ދީނުގެ މީހެކެވެ.

އިންޑިޔާގައި ދީނީ ކަންކަމުގައި ދެބަސްވެ އެހެން މީހުންގެ ފުރާނައަށް ނުރައްކާވާފަދަ އަމަލު ހިންގުމަކީ އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު