ބަތަލާ ޕްރިޔަންކާ ޗޯޕްރާ އޭނާގެ ހުވަފެނީ ބައިވެރިޔާ ނިކް ޖޯނަސް އާއި ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައެވެ. އިންޑިއާގެ އުދައިޕޫރްގައި ދެފަރާތުގެ އާއިލާއާއެކު ބޮޑު ހަފްލާއެއް ބޭއްވިއެވެ. އެ ހަފްލާގެ ހަރަދުތަކާއި ގުޅޭގޮތުން މިހާރު ޕްރިޔަންކާ މި ވަނީ ވާހަކަދައްކާފައެވެ.

އެގޮތުން ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިޔަންކާ ވަނީ އެ މީހުންގެ ކައިވެންޏަކީ ވަރަށް ފުރިހަމަ ތަޖުރިބާއެއް ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ ކައިވެންޏަށް ކުރި ހަރަދުަތަކަކީ ނިކް އަ ދެމީހުން ހަމަހަމައަށް ބަހައިގެން ކުރި ހަރަދުތައް ކަމަށް ބުނެފައެވެ.

ޕްރިޔަންކާ ބުނިގޮތުގައި، އެންގޭޖެމެންޓް އަގޮޓި ފިޔަވާ ހުރިހާ އެއްޗަކަށް ހަރަދުކޮށްފައި ވަނީ ދެ މީހުން ކައިވެންޏަށް ހެދި ޕާޓްނާޝިޕްގެ ދަށުންނެވެ.

ޕްރިޔަންކާ ވަނީ ކައިވެނީގެ ކަންކަމުގައި ދެ މީހުންގެ ބައިވެރިވުންވެސް އެކި ގޮތްގޮތަށް އޮތުމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކާފައެވެ. އެގޮތުން ކައިވެންޏަށް ދެ މީހުން އެއްކޮށް ޕްލޭންކޮށް، ގަހަނާ އައި ހެދުމާއި އަދި އެ ނޫންވެސް އެއްޗެހި ހޯދުމުގައި ދެ މީހުންވެސް މަސައްކަތް ކުރުން ރަނގަޅު ކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ ދެ ގޮތަށް ކައިވެނިކޮށްފައެވެ. އެއީ ހިންދޫން ކައިވެނި ކުރާ ގޮތަށާއި ކްރިސްޓިއަނުން ކައިވެނި ކުރާ ގޮތަށެވެ. ކައިވެނީގެ ހަފްލާ ބޭއްވި ފޮޓޯތައް މީސް މީޑިއާގައި ވަަރަށް ބޮޑަށް ވައިރަލްވެސް ވިއެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޝޮނާލީ ބޯސްގެ ދަ ސްކައި އިޒް ޕިންކް އިންނެވެ.

ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނެ މަސައްކަތަކަށް ވާނީ އާލިއާ ބަޓް އާއި ކެޓްރީނާއާއެކު ފެނިގެންދާ ޖީ ލޭ ޒަރާއިންނެވެ.