މަސައްކަތުގެ މާހައުލަކީ ވަރަށް ހިތްފަސޭހަ އަދި މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލަކަށް ވާން ޖެހޭނެއެވެ. އެއީ ވަޒީފާ ދޭ ފަރާތާއި އަދި ވަޒީފާ އަދާކުރާ ފަރާތުގެ ވެސް ޒިންމާއެކެވެ.

މިފަދަ މާހައުލެއް ގާއިމު ކުރުމަށް ވަޒީފާ އަދާކުރާ ފަރާތުން ވެސް ސަމާލުކަން ދޭން ޖެހެއެވެ. އެހެންކަމުން ވަޒީފާ އަދާކުރާއިރު ވަޒީފާ އަދާ ކުރާ މާހައުލުގައި ކޮށްގެން ނުވާނެ ބައެއް ކަންތައްތައް ހުންނާނެއެވެ. އެ ކަންތައްތަކަކީ:

ގަޑި ނުޖެހުން

ވަގުތަށް ފަރުވާތެރިވުމަކީ ކޮންމެ ކަމެއް ކުރި ނަމަވެސް ކޮންމެ ތަނަކަށް ދިޔަ ކަމުގައި ވެސް ކުރަން ޖެހޭނެ ކަމެކެވެ. މިއީ މީހާގެ ސަހުސިއްޔަތު ދައްކުވައިދޭ ކަމެކެވެ.

އޮފީހުގެ މަސައްކަތަށް އަމިއްލަ ކަންތައްތަކުގެ ހުރަސް އެޅުނަ ނުދިނުން.

ގޭގައި ނުވަތަ ބޭރުން ވެސް ކަމަކާއި ހިތްހަމަ ނުޖެހިގެން އޮފީހަށް އައިސް އެކަމުގެ ކަންތައްތައް އޮފީހުގެ މަސައްކަތަށް ފޯރިއަނުދޭށެވެ.

ވަގުތު ޖެހެންދެން މަސައްކަތްތައް ނުނިންމާ ނުބެހެއްޓުން

މަސައްކަތްތައް ވަގުތަށް ނިންމުމަކީ ވެސް މީހާގެ ސަހުސިއްޔަތު ދައްކުވައިދޭ ކަމެއްގެ އިތުރުން އޮފީހުގެ މަސައްކަތަށް ވެސް އެންމެ އެދެވޭނެ ގޮތެވެ.

އޮފީހުގެ މުވައްޒަފުންނާއި ނުރަނގަޅު އެއްވެސް ގުޅުމެއް ނުބޭއްވުން

އޮފީހުގެ މުވައްޒަފުންނާއި ރަހުމަތްތެރިކަން ބޭއްވި ނަމަވެސް އެހެން އެއްވެސް ގުޅުމެއް އެ މާހައުލުގައި ބޭއްވުމަކީ މަސައްކަތަށް އެޅޭނެ ހުރަހަކަށް ވާނެއެވެ.

މީގެ އިތުރުން މާބޮޑަށް ކަންނެތް ނުވުމާއި، ދެމީހެއްގެ ވާހަކަ މެދުނުކެނޑުމާއި، ކުރާ މަސައްކަތަށް ވަގުތުން ތަޢުރީފު ލިބޭނެ ކަމަށް އުއްމީދު ނުކުރުމާއި، ނަގާ ކޮންމެ ''ބުރޭކު'' އެއް މާ ދިގު ނުކުރުމާއި އޮފީހުން ''ބުރޭކް'' ހޯދުމަށް ދޮގު ނުހެދުމަކީ ވެސް ކޮށްގެން ނުވާނެ ކަންތައްތަކެވެ.