އުޑުމަތިން ފެނުނު "ހޭލޯ" އާއި އެކީ ގިނަ ބަޔަކު އާޝޯހުވެއްޖެއެވެ.

މީސްމީޑިއާގައި މިހާރު އެންމެ ގިނައިން ފެންނަމުންދާ އެއް ފޮޓޯއަކީ މިއަދު މެންދުރު އުޑުމަތިން ފެނުނު ޗާލު ފޮޓޯއެވެ. ގިނަ ބަޔަކު އެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކުރަމުން ބުނެފައިވަނީ އެއީ ވަރަށް މަދުން ފެންނަ މަންޒަރެއް ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ އަބަދު ވެސް ފެންނަ މަންޒަރެއް ކަމަށެވެ.

ގިނަ ބަޔަކަށް އެމަންޒަރު ފެނުމުގެ ކުރިން މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ އޭގެ ހަގީގަތް ބުނެދީފައެވެ. އެގޮތުން މެޓުން ބުނީ، އެއީ “ހައި ކްލައުޑް ލޭޔާއެއް” އިނުމުން ފެންނަ އެއްޗެއް ކަމަށެވެ.

އެއީ ހަމަ އެކަނި އިރުން ފެންނަ އެއްޗެއް ނޫން ކަމަށާއި ހަނދު ވަށައިގެން އެ ވަށްބުރު ފެނިގެންދާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން ބުނީ، އެއީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ ސިރޯސްޓުރާޓަސް ފަދަ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވަށްބުރެއް ކަމަށާއި އެއަށް ކިޔަނީ 'ހޭލޯ ފިނޯމިނާ" ކަމަށެވެ.

"ހަނދުވަރުދޭ ރެއަކާ ހިލާފަށް، އިރުގެ ގަދަ އަލީގައި ފެންނަ މި ވަށްބުރުގައި ވިއްސާރަދުނީގެ ކުލަތައް އާއްމު ގޮތެއްގައި ފެނިގެންދެއެވެ." މެޓުން ބުނެފައިވެއެވެ.

މަދުން ފެންނަ މިފަދަ މަންޒަރުތައް ދިވެހިންނަށް ފެނި އަބަދުވެސް މީސްމީޑިއާ އެފަދަ ފޮޓޮތަކުން ފުރާލާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ހަގީގަތުގަ ދިވެހިންނަކީ އިލްމީގޮތުން ވަރަށްދަށުގަ ތިބި ބައެއް. ސެޓްފިކެޓެއް އޮތެއްކަމަކު އެނގޭއެއްޗެއް ނޯވޭ. މީސްމީޑިޔާގެ ބޭކާރު ވާހަކަ ބަލާ ކަން ދެއްކުންކަމަކީ.

    34
    6
    • ޓޮއިން

      ޔެސް.. ކަލޭ ހެން ހަމަ

      16
      5
  2. ދިވެހިން

    އާ ކަލޭތީ އިލްމީ ގޮތުން ވަރަށް މަތީ ފޭބުޅެއް.

    13
    17
    • ދިވެހިންގެ އެންމެ ބޮޑެތި މައްސަލަ

      1-މީހަކު ހަޤީގަތް ބުނެެދިނަސް އެޤަބޫލުނުކުރުން.
      2- ގޮތްދޫ ނުކުރުން.
      3-ބޮޑާވުން / ކިބުރުވެރިވުން / ދެބައޮޑުވުން.
      4- ނެތްފެންވަރު ދެއްކުން / ވަފާތެރި ނުވުން. ދޮގުހެދުން / ކެހިދުނުން.
      5- އަނެކާއަކީ އެއްވެސް މީހެއްނޫންކަމަށް ދެކުން.
      6- ޢާފިލުވުން / ކާމްޗޯރުވުން. ހިހޫތަނުން ކެއުން.
      8- ހަސަދަލުން / ދޭތެރެޖެއްސުން.
      7- އަބަދުވެސް ތިމާދެކޭގޮތް އެއީ އެންމެ ރަނގަޅު ، މޮޅު ގޮތްކަމަށް ދެކުގެންއުޅުން.
      8- ރޯނު އެދުރުވުން.
      9- އެނގޭ އެއްޗެއްވެސް ، ނޭންގޭ އެއްވެސް އެއްޗެއް ނެތުން.
      10- ސިޔާސީ މަކަރާއި ދޮގުހެދުން.
      11- ސޯޝަލް މީޑިއާގެ ނުރަނގަޅު ވަބާ.
      މިހެންގޮސް އެތައްކަމެއް.

  3. މިތުރާ

    ހާދަފަހަތުގައޭ، 🤔 މިވެސްހަބަރެއްތަ؟ޖޯގުރަފީ އަދި ސައިންސު އިން ސުވާލާ ޖަވާބު ލިޔަންފެނޭ! ލިޔާނެ ހަބަރެއް ނެތީޔާ ނިޔުޒިލެންޑު ސުޕަރމާކެޓުތޭރޭގަ، އެބައުޅޭ .

    16
    4
  4. މިތުރާ

    ބައެއްފަހަރު ހަނދުގެ ވަށައިގެންވެސް ކުރިސްޓަލް ގަނޑުފެން ހުރޭ، ގިނައިންފެންނަނީ 4މޫސުމް އުޅޭގައުމުތަކުން!

    14
  5. ކައުންސެލަރު 🙌

    ގަދައަށް އަވިދީފައި ވާރޭ "ކަނި" ޖަހަންޏާ އެކަހަލަ މަންޒަރު ފެނިދާނެ

    14
    1
  6. Kaaku

    ތި ފެނުނު އިއޔެވެސް މެޓުގަ ތިބި މީހުން ނިދާފަތޯ އަހަރުމެން ހީކުރީ އިނގޭކަމަށް

  7. މޮޔަ

    ތީ އަލަށް ފެނުނު މަންޒަރެ އް ނޫނޭ ކޮޔާ

    3
    1