ހަޤީޤީ ލޯތްބަކީ ނިމުމެއް އޮތް އެއްޗެއް ނޫނެވެ. ލޯބިވާ މީހަކު މަރުވެގެން ދިޔަ ނަމަވެސް އެމީހަކަށް ހިތުން ދެވިފައިވާ ޖާގައަށް ބަދަލެއް ނާދެއެވެ. ވަކިވެ ދިއުމަކުން ނުވަތަ ކޮންމެ ދުވަހަކު އޭނާގެ އަޑު ނީވުމަކުން އެހަނދާންތަކާއި ވަކިވެގެންނެއް ނުދެއެވެ.

އެކަން އެންމެ ބޮޑަށް ގަބޫލު ކުރާ އެކަނީ އެމެރިކާގެ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ކައިލީ ފެޝުކް އެވެ. އޭނާގެ ލޯބިވެރިޔާ އުމުރުން 19 ޖޭކޮބް ވަނީ އޭޕްރިލް މަހު ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި މަރުވެފައެވެ.

ހޮކީ ކުޅުންތެރިއެއް ކަމަށްވާ ޖޭކޮބް މަރުވީ އޭނާގެ ޓީމާއި އެކު ދަތުރު ކުރަމުން ދަނިކޮށެވެ. ޖޭކޮބްގެ އިތުރުން އެކްސިޑެންޓްގައި 15 ޒުވާނުން މަރުވިއެވެ. 13 މީހަކު ސަލާމަތްވިއިރު ސަލާމަތްވި މީހުންގެ ތެރެއިން ދެމީހަކު ވަނީ ޕެރަލައިޒް ވެފައެވެ. އަދި އިތުރު ދެމީހަކަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ކައިލީ ބުނީ ލޯބިވެރިޔާގެ މަރަކީ ދުވަހަކު ވެސް ހަނދާނުން ފޮހެވިގެންދާނެ ކަމެއް ނޫންކަމަށާއި މިހާރު ވެސް ކޮންމެ ދުވަހަކު ލޯބިވެރިޔާ މަތިން ހަނދާން ކުރާ ކަމަށެވެ. ކައިލީ ވަނީ އޭނާގެ ލޯބިވެރިޔާގެ ފޮޓޯއެއް ހިފައިގެން ހުރެ ފޮޓޯޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މީގެ އިތުރުން ޖޭކޮބް އާއި އެކު މަރުވި އެހެން މީހުންގެ ލޯބިވެރިންނާއި، އަނބިން އެއްތަންކޮށް އެންމެންނާއި ވާހަކަދައްކާ އެކަކު އަނެކަކާ ކަންތައްތައް ދަނީ ހިއްސާކުރަމުންނެވެ. އެކަމުގެ ނަތީޖާ އަކަށް ވެފައި ވަނީ އެންމެންގެ ވެސް ހިތާމަތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު