ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު މިޒާޖުތަކުގެ މީހުންނާއި ދިމާވެއެވެ. ބައެއް ފަހަރު ކަމެއް ކުރާ ހިތްވާ އެމީހެއްގެ ދިރިއުޅުންފެނި "އިންސްޕަޔަރ" ވާ މީހުންނާވެސް ދިމާވެއެވެ. އެއީ އެމީހުންގެ ބުރަ މަސައްކަތް ފެނިފައެވެ.

މިގޮތުން އިންޑިޔާގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ނިއު ޑެއްލީގެ ކާރުބާރު ބޮޑު މަގުތަކުގައި ހަރަކާތްތެރިވަމުންދާ ސިންގްއަކީ މިފަދަ މީހެކެވެ. އެއްވެސް ކަހަލަ ތަޢުލީމެއް ނެތި އޭނާ ދަނީ ދަތުގެ ޑޮކްޓަރުން ކުރާ ގިނަ މަސައްކަތްތަކެއް މަގުމަތީގައި ކުރަމުންނެވެ.

ސިންގް ބުނެފައިވަނީ މީނާ ދަތް އުފުރުމާއި ދަތާބެހޭ ކަންތަކަށް ޝައުޤުވެރިކަން ހުންނަން ފެށީ ބައްޕަ އެކަން ކުޜާތީ ކަމަށާއި އުމުން 13 އަހަރުގައި އެމަސައްކަތުގެ ތެރެއަށް އޭނާ ވެންނި ކަމަށެވެ.

ސިންގް ކިޔަދިން ގޮތުގައި ދަތް އުފުރުމާއި އެފަދަ މަސައްކަތް ކުރާތާ މިހާ ގިނަ ދުވަސް ވެފައިވީއިރުވެސް މީނާއަކީ ދަތުގެ ކަންކަމާ ބެހޭ އެއްވެސް ކަހަލަ ސަނަދެއް ހާސިލްކޮށްފައިވާ މީހެއް ނޫނެވެ. އަދި މަދަރުސާއިން ފާސް ނުވެގެން އޭނާ ކަނޑާލި ކަމަށްވެސް މީނާ ބުނެފައިވެއެވެ.

ސިންގް ބުނެފައިވަނީ މިގޮތަށް މަސައްކަތް ކުރުުމުން ރަނގަޅު ވަރެއްގެ އާއްމު ދަނީ އެއް ލިބޭ ކަމަށާއި އަދި އޭނާ މަސައްކަތް ކުރަނީ ކުލިނިކްތަކުން އެޚިދުމަތް ދޭ އަގަށްވުރެ ދަށް ކޮށް ކަމަށެވެ.

މިގޮތަށް ސަނަދެއްނެތި ސިއްޙީ ދާއިރާގައި ހަރަކާތް ތެރިވުމަކީ ޤާނޫނީ ކުށެކެވެ. ނަމަވެސް އިންޑިޔާގެ އާބާދީގެ ބޮޑު އިންސައްތައަކީ ފަޤީރުން ކަމަށްވާތީ މިމީހާ ކައިރިއަށް އަންނަ ކަސްޓަމަރުންގެ އަދަދު ދުވަހެއް ދުވަހަކަށްދަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު