ނެޓްފްލިކްސް އިން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ މަނީ ހެއިސްޓް ސީޒަން ފަހެއް ނުކުތް ދުވަހު އިންޑިއާގެ ޓެކް ފާމްއަކުން ހުރިހާ މުވައްޒަފުންނަށް "ސަޕްރައިޒް"ޗުއްޓީއެއް ދީފިއެވެ.

މިއީ މި ސީރީޒްގެ ފައިނަލް ސީޒަންއެވެ. އެ ސީޒަންގެ ފުރަތަމަ ޕާޓު މިހާރު ވަނީ ނެރެފައެވެ. ސެޕްޓެމްބަރު ތިން ވަނަ ދުވަހު ނެރުނުއިރު، އެއީ ފަސް އެޕިސޯޑެވެ.

މިއާއެކު ރަޖަސްތާންގެ ޓެކް ފާމްއެއް ކަމަށްވާ ވެރްވެ ލޮޖިކްއިން މުވައްޒަފުންނަށް ވަނީ ޗުއްޓީއެއް ދީފައެވެ. އެކަން ހާމަކޮށް އެ ކުންފުނީގެ ސީއީއޯ އަބިޝޭކް ޖެއިން ބުނީ ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ހުރިހާ މުވައްޒަފުންވެސް ވަަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އެހެންވެ މުވައްޒަފުންނަށް ހުސް ވަގުތެއް ދޭން ނިންމީ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ މުވައްޒަފުން ދޮގު ހަދައިގެން ޗުއްޓީ ނަގާކަށް. އަދި އެތައް ބަޔަކު ފޯނު ނިއްވާލައިގެން ތިބޭކަން".

އޭނާ މުވައްޒަފުންނަށް ފޮނުވި ސިޓީގެ ކޮޕީއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގައި ބުނެފައި ވަނީ މުވައްޒަފުންނަށް މިފަދަ ޗުއްޓިއެއް ދިނުމަކީ މަސައްކަތަށްވެސް ރަނގަޅުވާ ކަމެއް ކަަމަށެވެ.

"އެހެންކަމުން ޕޮޕްކޯން ނަގައިގެން ތައްޔާރުވޭ އެންމެން ލޯބިވާ ޕްރޮފެސަރަށާއި، ހުރިހާ ކާސްޓުންނަށް އެންމެ ފަހުގެ ވަދާއީ ސަލާމް ކިޔުމަށް"/ އޭނާ ބުނެފައި ވެއެވެ.

އޭނާ ވަނީ ހުރިހާ މުވައްޒަފުންވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރި މަސައްކަތްތައް ބަލައިގަނެ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އަދި ސީއީއޯ އެ ސިޓީ ނިންމާފައި ވަނީ އެ ޝޯވގެ ޓައިޓަލްގެ ޓްރެކް ބެލާ ޗާއު ބެލާ ޗާއުވެސް ލިޔަމުންނެވެ.