ދާދި ފަހުން އެމެރިކާގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާ އާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް 5 ލައްކަ އެމެރިކާ ޑޮލަރު ދޭން މަޝްހޫރު އަމަލް ކްލޫނީ އާއި އޭނާގެ ފިރިމީހާ ޖޯޖް ކްލޫނީ ނިންމައިފިއެވެ.

އެމެރިކާގެ ފޮލްރިޑާގައި މި މަހުގެ 14 ވަނަ ދުވަހު ދިން ބަޑީގެ ހަމަލާގައި 17 މީހުންނާއި ކުދިން މަރުވެފައި ވާއިރު، 50 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. މި ހާދިޘާ އަކީ އެމެރިކާގެ ތާރީޙުގައިވެސް މިފަދަ ގޮތަކަށް ސްކޫލަކަށް އަމާޒުކޮށް ދިން ހަމަކާ ތަކުގެ ތެރެއިން އަށްވަނައަށް އެންމެ ނުރައްކާތެރި ހަމަލާ ކަމުގައި ވާއިރު، ގިނަ ބަޔަކު އަންނަނީ އެމެރިކާގައި ބަޑި ގެންގުޅޭ މިންވަރު މަދު ކުރުމަށް ގޮވައިލަމުންނެވެ.

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކޮށްފައިވާ އަމަލްގެ އާއި އޭނާގެ ފިރިމީހާ، މަޝްހޫރު އެކްޓަރ އަދި ވިޔަފާރި ވެރިޔާ ޖޯޖް ކްލޫނީ ބުނެފައިވާ ގޮތުގައި އެމީހުން ހަދިޔާ ކުރަން ނިންމާފައިވާ ފަސް ލައްކަ ޑޮލަރަކީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ގޮވާލައި މާޗް މަހުގެ 24 ވަނަ ދުވަހު އޮންނަ އިވެންޓަށް އެހީތެރިވުމުގެ ގޮތުން ހަދިޔާ ކުރާ ފައިސާކަމަށެވެ.

މިދިޔަ އަހަރު ތެރޭގައި ޓްވިންސް އެއް މާބަނޑު ދެ ކުދިން ލިބިފައިވާ މި ދެމަފިރިން އިތުރަށް ބުނެފައި ވަނީ މި ކަމަކީ އެމީހުންގެ ދަރިންގެ މުސްތަގުބަލާއިވެސް ގުޅިފައިވާ ކަމެއް ކަމަށާއި، ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުން ވަރަށް މުހިއްމު ކަމަށެވެ.

މާޗް މަހުގެ 24 ވަނަ ދުވަހު ވޮޝިންގްޓަން ޑީސީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި އަމްލް އާއި ޖޯޖް ކްލޫނީގެ އާއިލާ ވަނީ ބައިވެރުވުމަށްވެސް ނިންމައި، އެކަން އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ްޤައުމު

    އަހަރެން ހީކުރީ އަދި ކެނެރީގޭ ނަޝީދުއަށް ދޭން އުޅޭ އެއްޗެއް ކަމަށް.

  2. އެމީހާ

    އަޅެ ނަޝީދަށް އެތިކޮޅެއްދީބަލަ. އެސޮރުމިހާރު އެއުޅެނީ ގައުމުތަކަށް ސަލާން ޖަހައިގެން. ކުލޫނީވެސްދެން ހާދަގޯހޭދޯ؟