ލޯބީގެ ގޮތުން ގުޅިގެން ދެމީހަކަށް ދުވަސްކޮޅަކަށް އުޅެވިދާނެއެވެ. ނަމަވެސް އެ ގުޅުން ގިނަ ދުވަހަށް ބޭއްވުމަށް މަސައްކަތް ކުރަނީ ކިތައް މީހުން ހެއްޔެވެ؟

ގިނަ ދުވަހަށް ގުޅުމެއް ބާއްވަން ބޭނުންވާ ނަމަ ދެމީހުންގެ ފަރާތުން ވެސް އެކަމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެއެވެ ނަމަވެސް ކުރަން ޖެހެނީ ކޮން ކަމެއްކަން އެނގެން ޖެހެއެވެ.

ނޭނގޭނަމަ މި ސުވާލުތަކަށް ޖަވާބު ދެވޭތޯ ބަލައިލާށެވެ. ބައިވެރިޔާއާއި އެކު ގިނަ ދުވަހަށް އުޅެން ބޭނުންވާނަމަ ތިމާގެ އަމިއްލަ ނަފުސާއި ކޮށްލެވިދާނެ ބައެއް ސުވާލުތަކަކީ:

  • ތިބާގެ ބައިވެރިޔާ ތިބާ ރަނގަޅު މީހަކަށްވުމަށް އެހީތެރިވެދޭ ހެއްޔެވެ؟ އަދި ތިބާ ވެސް ބައިވެރިޔާއަށް އެ އިހުސާސް ކޮށްދެން ހެއްޔެވެ؟
  • ބައިވެރިޔާއާއި އެކު އިހުސާސްތައް ހިއްސާކުރުމުގައި ޖެހިލުންވޭ ހެއްޔެވެ؟
  • ބައިވެރިޔާ އޭނާގެ ގޮތުގައި ބަލައިގަންނަން ހެއްޔެވެ؟
  • ދެބަސްވާންޖެހޭ ހާލަތްތަކުގައި އެކަކު އަނެކަކަށް އިހުތިރާމުކޮށް މުޢާމަލާތް ކުރަން ހެއްޔެވެ؟
  • ނިންމުންތައް ނިންމުމުގައި ދެމީހުން ވެސް ހިއްސާވަން ހެއްޔެވެ؟
  • ތިބާގެ ބައިވެރިޔާއަކީ ތިބާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހެއްޔެވެ؟
  • ''އަހަރެން''، ''ކަލޭ'' ބޭނުން ކުރުމުގެ ބަދަލުގައި ''އަހަރެމެން'' މި ލަފުޒުތައް ބޭނުން ކުރަން ހެއްޔެވެ؟
  • މީސް މީޑިޔާ އެކައުންޓް، ބޭންކު އެކައުންޓް ފަދަ އެއްޗެހީގެ ޕާސްވޯޑާއި މެދު އެކަކު އަނެކަކަށް އިތުބާރު ކުރެވޭ ހެއްޔެވެ؟
  • ދެމީހުން ވެސް އެކަކު އަނެކަކާއި މެދު ''ޕޮޒިޓިވްކޮށް'' ދެކެވޭ ހެއްޔެވެ؟
  • ތި ގުޅުމަކީ އެންމެ ރަނގަޅު ގުޅުމެއް ކަމަށް ކައިރީގައި އުޅޭ މީހުންނާއި ބައިވެރިޔާ ގަބޫލު ކުރޭ ހެއްޔެވެ؟
  • ކަންކަމާއި މެދު ދެމީހުންގެ ވިސްނުން އެއްގޮތް ހެއްޔެވެ؟
  • ދެމީހުންގެ ބޭނުންތައް ވެސް ފުއްދައިދެވޭ ހެއްޔެވެ؟

މި ސުވާލުތަކަށް ''ނޫން'' ޖަވާބު ދޭންޖެހޭނަމަ ތި ގުޅުމާއި މެދު އަދި އެއްފަހަރު ވިސްނާލުން ރަނގަޅުވާނެއެވެ.