ބިލިއަނަރު ޖެފް ބެޒޯސް އާއި ޔުރީ މިލްނާ ގުޅިގެން އިންސާނުން މުސްކުޅިނުވާގޮތް ހެދޭނެ ގޮތެއް ހޯދުމަށް އަމާޒުކޮށް ބައޯޓެކްނޮލޮޖީ ފާމް އަކަށް ފަންޑް ކުރާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އިންސާނުންނާއި ޖަނަވާރުން މުސްކުޅިނުވާގޮތް ހެދުމަށް ސެލްތައް އަލުން ރީޕްރޮގްރާމް ކުރުމަށް އަމާޒުކޮށްގެން 270 މިލިއަން ޑޮލަރު ހޯދާފައިވެއެވެ. ބައޮލޮޖިކަލް ރީޕްރޮގްރާމިންގް ކޮމްޕެނީ އަލްޓޯސް ލެބްސް އާއި ގުޅިގެން އުމުރުން ދުވަސްވުމަށް ހައްލެއް ހޯދުމަށް އުކުޅުތަކެއް ހޯދަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަސައްކަތުގެ ތެރޭގައި އެންމެ ފުރަތަމަ ސެލް ރީޕްރޮގްރާމިންގް ދިރާސާ ކޮށް، 2012 ވަނަ އަހަރު ދިރާސާ ކުރުމުގެ ރޮނގުން އެވާޑް ހޯދާފައިވާ ޑރ. ޝިންޔާ ޔަމަނަކަ ހިމެނެއެވެ. ޔަމަނަކަ ހޯދި ހޯދުންތަކުން ސެލްއަކަށް ހާއްސަ ހަތަރު ވައްތަރެއްގެ ޕްރޮޓީން އެއްކުރުމުން އެ ސެލް އިހުގައި ހުރި ގޮތަށް ބަދަލުވާކަން ވަނީ އެނގިގެން ގޮސްފަައެެވެ. އޭނާގެ އިތުރުން އެންމެ ފުރަތަމަ ސެލް ސްވިޗިންގް އާއި ގުޅޭގޮތުން ދިރާސާކޮށް ހޯދުންތަކެއް ހޯދާފައިވާ ޑރ. ޖުއާން ކާލޮސް އިޒްޕިސުއާ ޑެލްމޮންޓޭ އެވެ.

ޔަމަނަކަ ހޯދާފައިވާ ހޯދުންތަކުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ބައެއް އުކުޅުތައް ބޭނުންކޮށް 2016ވަނަ އަހަރު މީދަލެއް ޓެސްޓް ކޮށްފައިވެެއެވެ. އެ ތަހުލީލުން ދައްކާގޮތުން މީދަލުގެ އުމުރަށް ބަދަލު އައުމުގެ އަލާމާތްތައް ފެނިފައިވެއެވެ.

ބެޒޯސް ވަނީ މީގެ ކުރިން ވެސް އެންޓި އޭޖިންގް ޕްރޮގްރާމަކަށް ފަންޑް ކޮށްފައެވެ. އަދި މިހާރު ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓުގައި ބޭނުންކުރާ އުކުޅުތައް އޭގެ މިންގަނޑަށް މަަސައްކަތް ކުރޭތޯ ބެލުމަށް ބައޮލޮޖިކަލް ގަޑިއެއް ބޭނުންވެއެވެ. މަހުޖަނުންގެ ކުންފުންޏަކުން މި ޕްރޮޖެކްޓަށް ފަންޑް ކުރަން ފެށުމާއެކު ޕްރޮގްރާމް ކުރިޔަށް ގެންދަމުން ދިޔަ ބާރުމިން ކުރިއަށްވުރެ ހަލުވިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޕްރޮޖެކްޓުގައި އިންސާނުންނާއި ޖަނަވާރުން އުމުރު ފަހަތައް ޖައްސާލުމަށް މަސައްކަތް ކުރަމުންދާއިރު، އަލްޓޯސްގެ އަމާޒަކަށް ވެފައިވަނީ ބޭނުންކުރަމުންދާ އުކުޅުތަކުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ޖަނަވާރަކަށް ގެއްލުމެއް ނުވުމެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ސެލްތައް ކުރީގެ ގޮތަށް ބަދަލުވެ ޒުވާންވުމުގެ އިތުރުން، ސެލްތަކުގެ ރޯލުވެސް ބަދަލުކޮށްލައެވެ. އެހެންކަމުން އަދި މި އުކުޅަކީ އިންސާނުންނަށް ޓެސްޓް ކުރެވޭނެ އުކުޅަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިއީ އޯލްޑް ސްޓޯރީއެއް. މިހާރު ބެޒޯސް މަސައްކަތް ކުރަނީ މަރުނުވާންވެގެން އެޓަރނަލް ލައިފު ހޯދަން. މީނައަކީ އީވިލް ޖީނިއަސްއެކޭ ބުަނީ!

    13
  2. Anonymous

    ހުރިހާ ބައްޔަކަށް ޝިފާވެޔޭ މުސްކުޅި ބަލި ފިޔަވައި އޭ މިކަން އެނގޭނަމަ

    11
    • ދިރިކަޅު

      ކަޅުދިރިދޯ؟

  3. ﷲ ފިޔަވައި އެހެން އިލާހަކު ނުވޭ

    ތިކަމެއް ނުވާނެ. މިދުނިޔޭގެ ހަޔާތުގައި މުސްކުޅިވުން އަދި މަރުވުންވެސް އެއީ މާތް ﷲ ނިޔާ ކަނޑައަޅުއްވާފައިވާ ކަންކަން.

    7
    1