ނިންޖަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް ވިސްނުންތަކާއި ފިކުރުކުރުންތައް ގިނަވެ، އެހެނިހެން ކަންކަމުގެ ސަބަބުން ވެސް ރަނގަޅަށް ނުނިދޭ މީހުން ވަރަށް ގިނައެވެ.

ބައެއް މީހުންނަކީ ނިދަން އުދަނގޫވާ މީހުންނެވެ. ބައެއް މީހުންނަކީ ނިދިފައި ހޭލެވުމަށް ފަހު އަނެއްކާ ނިދަން އުދަނގޫވާ މީހުންނެވެ. މިގޮތުން ދަންވަރު ހޭލެވުމަށް ފަހު ނުނިދޭ ނަމަ ކޮށްލެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.

ލޯ މަރައިލައިގެން އޮވެ، ވަރަށް އުދަނގޫ ކަވި މަސައްކަތެއް ކުރާގޮތް، ހަރުފަތަކަށް ފަހު ހަރުފަތެއް ކުރާ ގޮތަށް ވިސްނާލާށެވެ. މިސާލަކަށް ވައިރިންއެއް ކުރާގޮތެވެ. މިގޮތަށް ކަންތައް ކުރުމުން ސިކުނޑިއަށް ކަސްރަތު ލިބެއެވެ. އަދި އެފަދަ ކަވި ކަންކަމާއި މެދު ވިސްނުމުން ފޫހިވެގެން ވެސް ނިދޭނެ ކަމަށް ލޮސް އެންޖަލެސްގެ މުދައްރިސެއް ކަމުގައިވާ މާރިއާ ދި އެންޖަލޯ ބުނެފައިވެއެވެ.

ލޯމަރައިލައިގެން އޮވެ ގައުމެއްގެ ރަށްތައް ވަކި ތަރުތީބަކުން ކިޔާލާށެވެ.

މުދައްރިސް މާރިއާ ބުނެފައިވާ ގޮތުގައި އޭނާ އެމެރިކާގެ އަވަށްތަކުގެ ނަންތައް ''އޭބީސީ'' ތަރުތީބުން ކިޔައެވެ. ދުވަހަކުވެސް ''އެން'' އަކުރުން މައްޗަކަށް ނުދެއެވެ. އޭނާއަށް ނިދެނީއެވެ.

ހިޔާލީ ދުނިޔޭގައި ދަތުރެއް ދާށެވެ.

ލޯ މަރައިލައިގެން އޮވެ، ދަތުރެއް ދިޔުމަށްޓަކައި ކުރާ ހުރިހާ ކަމެއް ވެސް ހަނދާން ކޮށްލާށެވެ. ޕެކް ކުރުމާއި، ހޮޓަލެއް ބުކް ކުރުމާއި އެއާޕޯޓް ތެރޭގެ ކަންތައްތައް ވަކިވަކިން ހަނދާނަށް ގެންނާށެވެ. ޖެރީ ނަމަކަށް ކިޔާ މީހަކު މިގޮތަށް ކަންތައް ކޮށްގެން ބޭނުންވާ މަންޒިލަށް ދަތުރު ނުދެވެނީސް ނިދޭ ކަމަށްވެއެވެ.

މީގެއިތުރުން ނިދިފައި ހޭލެވި ނުނިދުމުން ގުރުއާން ކިޔަވައިލާ ގުރުއާން އަޑުއަހައިލުމަކީ ވެސް ވަރަށް ފަސޭހައިން ނިދޭނެ ގޮތެކެވެ.