ބަންގި ގޮވާ ނިމުނުތަނާ ލީބިއާގެ އިމާމަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އެމީހާ ނިޔާވެފައިވަނީ ލީބިއާގެ ބެންގާޒީގެ މިސްކިތެއްގައި އަސްރު ނަމާދަށް ގޮވައި ނިމުނު ފަހުން ކަމަށް މީޑީއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަބްދުލް ހާމިދް އަލް މައުރައިމީ ކުއްލި ގޮތަކަށް ނިޔާވެފައިވަނީ "ހާޓް-އެޓެކް" އެއް ޖެހިގެންނެވެ. އޭނާ ވެއްޓުމާއި އެކީ މިސްކިތުގައި ތިބި އެންމެން ގޮތަކަށް ވަނީ އޭނާ ކައިރިއަށް ގޮސް ވީ ގޮތެއް ބަލާފައެވެ. ވެއްޓުނު ގޮތަށް އޭނާގެ ހަރަކާތެއް ނެތުމާއި ގުޅިގެން އެމީހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާ ނިޔާވެފައިވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމަންޒަރު ފެންނަ ވީޑީއޯއެއް މިހާރު މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެވީޑިއޯއިން ފެނިގެން ދަނީ ބަންގި ގޮވާ ނިމުނުތަނާ ގޮތަކަށް ހާމިދު ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. އަދި އޭގެ ފަހުން އޭނާގެ އެއްވެސް ހަރަކާތެއް ނެތްއިރު، އޭނާގެ ކައިރިއަށް ދެމީހަކު ވަނީ ގޮސްފައެވެ.

ލީބިއާގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދަހަ ހާދިސާތައް ހިނގާކަން ފާހަގަވެއެވެ. އެގޮތުން ނަމާދަށް ހުއްޓާ މީހުން ނިޔާވުމާއި ބަންގި ގޮވާ ނިމޭ ފަހުން އިމާމު ނިޔާވުން ފަދަ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަން ރީނދޫ

    إنالله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه.

    41
  2. އަޙްމަދު

    މައްޔިތާއަށް ހެޔޮރަހްމަތް ލައްވާށި. އާމީން

    39
  3. ﷲ އަކްބަރް

    إنالله وإنا إليه راجعون
    ...މާ ޝާ ﷲ

    28
  4. މަރިންދީ

    إنالله وإنا إليه راجعون

    13
  5. Anonymous

    إنالله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه.

    16