ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ކައިވެނި ރުޖޫއަ ކުރަން އުޅޭކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ކުރެވޭ މަސްދަރަކުން "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ޖާބިރާއި ދިޔާނާ ވަނީ ކައިވެނި ރުޖޫއަ ކުރަން ނިންމަވާފައެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން އެއިން އެއްވެސް ބޭފުޅެއްގެ ބަހެއް އަދި "ވަގުތު" އަށް ލިބިފައެއް ނުވެއެވެ.

ޖާބިރާއި ދިޔާނާ ވަރިވިކަން މީޑިއާއަށް ކަށަވަރު ކޮށްދިނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ. ޖާބިރާއި ދިޔާނާގެ 16 އަހަރުވީ ކައިވެންޏަށް ނިމުން އައުމުން ޖާބިރު "ވަގުތު" އަށް އޭރު ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވީ ދިޔާނާ އާއި ދުވަސްކޮޅަކަށް "ސެޕަރޭޓް ވެލީ." ކަމަށެވެ.

"ދިޔާނާ އާއި އަޅުގަނޑާއި ދެމެދު އެއްވެސް މައްސަލައެއް ނެތް. ނަމަވެސް ކަންތައްތައް މިވަގުތު ހުރި ގޮތުން އަންޑަސްޓޭންޑިންއެއްގެ ދަށުން މިވަގުތަށް ދެމީހުން ސެޕަރޭޓް ވެލީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އޭރު ވިދާޅުވީ ދިޔާނާ އަކީ އޭނާގެ ދެދަރިންގެ މަންމަ ކަމަށާއި އެހެންކަމުން ދިޔާނާ އާއި ދުވަހަކު ވެސް ގުޅުން ނުކެނޑޭނެ ކަމަށެވެ.

ދިޔާނާ އާއި ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ޖާބިރު ތިން ކައިވެންޏެއް ކުރެއްވެވިއެވެ. އެ ކައިވެންޏަށް ވެސް ދަރިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހުމަދު

    އަލްހަމްދުލިﷲ

    19
    2
  2. Anonymous

    ތިދެ ދެމީހުންނނއްބަލާާއިރު 10 ފަހަރު ކައިވެނިކޮއް ވަރިކުރިޔަސް އޯކޭ

    10
    2
  3. ސާބިތު

    ވަރި ނުކުރަމޭވެސް ބުނި

    11
    2
  4. ޢާދަނުބެ

    މުސްކުޅިން ބުނެޔޭނުން ލަނޑާ ވާނީ ހަމަ ލަނޑަޔާއޭ

    17
    1
  5. ަވިސްނާ

    ޖާބިރު 4 ކައިވެނިކޮށް 4 ބަނޑަށް 6 ކުދިން އެބަތިބި .

    13
    1
  6. ފިރިޔެއް

    ރުޖޫއަ ކުރެވޭހާލަތު އެނގޭބާ؟

    3
    2
  7. ހުސޭނުބޭ

    ތިހެން އަދި އެއްފަހަރު ނެގިގާގަނޑަށް ބޮލިއަރުވާ! ދެން ކޮންމެވެސް ފަށްކިޔާ އެއްޗެއް ކަނޑާފައިވެސް އެކަން ކުރާތި

    6
    1
  8. ސަބީ

    ވަރައް ބުއްދި ކުޑަ ނިންމުމެއް.

    4
    1
  9. މުބީނު މާރނީ

    ޖާބިރު ދައްކާ ބައިސްކޯފު އަކީ ބަލާ ފޫހިނުވާ ބައިސްކޯފެއް. ހޮލީވުޑަށް ވުރެ ފުރިހަމަ. ހީހީ ހަލާކުވޭ ބައެއް ފަހަރަށް، އެ ބައިސްކޯފު ބަލާފަ.

    7
    1
  10. ސައްފަތު

    ޖާބިރަށްވެސް ދިޔާނާ ނޫން މީހަކު ނުލިބުނުތާ. ދިޔާނާއަށްވެސް ޖާބިރު ނޫން މީހަކު އިންނާކަށް ނުލިބުނުތާ. ދެން މާ ރީތިވީހެއްނު ކާވެނި ނުރޫޅި ދެމުސްކުޅިން ރީތިކޮށް ތިބިނަމަ. އަދިވެސް ދެމީހުންނަށްވެސް ހީވަނީތޯއްޗެ ލައްކައެކޭ.

    6
    1
  11. ހައްވަ

    މި ދެމީހުންވެސް އެހެންމީހުނާ ކައިވެނިކޮއްފަ ތިބި ބައެއްމީ. ހީވަނީ އަލަށް އިނދެގެން އުޅޭބައެއްހެން . އަބަދު ދައްކާނީ އޭނާގެ ދެދަރިންގެވާހަކަ. ޖާބިރުގެ ތިބޭ އެހެންމީހުނާ އިނދެގެން ލިބިފަތިބި 4 ދަރިންވެސް ޖުމްލަ 6