މިސްރުގައި އަންހެނަކު މާ އަނގަގަދަވާތީ ކަމަށް ބުނެ ތަޅައި މަރާލައިފިއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އަންހެނަކު މާ އަނގަގަދަވާތީ އޭނާގެ ފިރިމީހާއަށް ކެތް ނުކުރެވިގެން އަންހެންމީހާގެ ބޯ ފާރުގައި ތަޅައިގެންނެވެ. އަންހެން މީހާ މަރާލީ އޭނާގެ ކުދިންގެ ކުރިމަތީގައި ކަމަށް މީޑިޔާތަކުން ބުނެއެވެ.

ފުލުހުން ބުނީ އަނބިމީހާ މަރާލި ކަމަށް ފިރިމީހާ އެއްބަސްވެފައިވާކަމަށެވެ. އަދި ފާރުގައި ވަރަށް ގިނައިން އަންހެންމީހާގެ ބޯ ޖެހިކަމަށް އޭނާ ބުންޏެވެ. އަދި މި ހާދިސާ ހިނގި ދުވަހު އަންހެން މީހާ އާއި ފިރިހެން މީހާ ވަރަށް ގިނައިރު ވަންދެން ޒުވާބުކުރިކަމަށް ބުނެފައިވެއެވެ.

އަންހެންމީހާގެ ބޯ ފާރުގައި ތެޅުމަށްފަހު ފިރިހެން މީހާ ވަނީ ނިދަން ގޮސްފައެވެ.

ޖެހިގެން އައި ދުވަހު ފިރިމީހާ ވަޒީފާއަށް ދިޔައީ އަންހެން މީހާއަށްވީގޮތެއް ނުބަލައެވެ. ފިރިމީހާ ބުނީ އޭނާ ހީކުރީ އަނބިމީހާ އޮތީ ނިދާފައި ކަމަށް ކަމަށެވެ. އަދި އޭނާ ވަޒީފާއަށް ގޮސް ހުއްޓާ ފިރިހެންދަރިފުޅު ގުޅާފައި މަންމަ މަރުވިކަމަށް ބުނިކަމަށް އޭނާ ބުންޏެވެ.

އަންހެނުން މަރުވިކަން އެނގުމުން ވަގުތުން ފިރިހެންމީހާ ގެއަށް ދިޔައެވެ. އަދި އަންހެނުން އަށް ގޮވަގޮވާ ހޭނުލުމުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަންހެންމީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރު އޭނާ މަރުވެފައިވާކަމަށް ބުނެ އެކަން ފުލުހުންނަށް ވަގުތުން އެންގި އެވެ.

މިހާދިސާ އާއި ގުޅިގެން ފިރިހެންމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.