20 އަހަރުގެ ޒުވާން އަންހެންމީހާ ގެ އަވައްޓެރިއެއް ދެކެ ލޯބިވުމުން އާއިލާއިން އޭނާ މަރާލައިފިއެވެ.

އިންޑިޔާގައި ރޭޕް ކޭސްތައް ގިނަވަމުންދާ ފަދައިން މީހުން މެރުންވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިފަހަރު މި އަންހެންމީހާ މަރާލާފައި މިވަނީ ލޯބީގެ ގުޅުމެއްގެ ސަބަބުންނެވެ.

އިންޑިޔާގެ ޓްވެދާ ވިލޭޖްގައި މި ހާދިސާ ހިނގިއިރު އާއިލާ މީހުން ވަނީ އެ ގުޅުމަށް ނުރުހިފައި އެވެ. އާއިލާއިން އެ ގުޅުމަށް ނުރުހިފައި ވަނީ އެ ފިރިހެންމީހާއަކީ ކުޑައާއިލާއަކަށް ނިސްބަތްވާ ފަގީރު މީހަކަށް ވުމުންނެވެ. އަދި އާއިލާއިން ވަނީ އަންހެންމީހާގެ ކައިވެނި އެހެން އާއިލާގެ ރައްޓެހިބަޔަކާއި ކުރުމަށް އެއްބަސްވެފައި އެވެ.

ނަމަވެސް އޭނާ އާއިލާގެ ނުގަބޫލުގައި ފިރިހެންމީހާ އެކު އުޅެ، އަދި އެ ގުޅުން ކައިވެންޏާއި ހަމައަށް ދިޔައެވެ.

އެގޮތުން އާއިލާއަށް އެކަންތައް ކެތް ނުކުރެވިގެން އަމިއްލަ ދަރިފުޅު ރަހުމްކުޑަކޮށް މަރާލީއެވެ. މަރާލުމުގައި ވަނީ އޭނާގެ ބައްޕައާއި މަންމަ އަދި ބޭބެ ބައިވެރިވެފައެވެ.

ރާއްޖޭގައި އަންހެންކުއްޖާ ހިތްއެދޭ މީހަކާއި ކައިވެނި ކުރެވުނު ނަމަވެސް އިންޑިޔާގައި ކައިވެނި ކުރަނީ އާއިލާއިން ދައްކާ މީހަކާއެވެ. އަދި އެގޮތަށް އަމަލުނުކޮށްފި ނަމަ މަރާލާކަށްވެސް އެމީހުން ފަސްނުޖެހޭނެއެވެ. އެއީ އާއިލާ ނުގަބޫލު މީހަކާއި ކައިވެނިކުރުމުން ނުވަތަ ދަށް ފެންވަރުގެ މީހަކާއި ކައިވެނިކުރުމުން އާއިލާގެ ނަން ހަޑިވާތީއެވެ.

ފުލުހުން ބުނިގޮތުގައި އާއިލާ އެންމެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަމްދަރުދީ

    ތިޔަ މަންމައާއި ބައްޕަ އަދި ބޭބޭވެސް

    ދަނޖައްސާ އިނޑިޔާމީހުން ހީކުރަނީ އަންހެން ދަރިންނަކީ އެމީހުން ނަށް ޖެހުފައިވާ މުޞީބާތެއް ގެ ގޮތުގައި ވަރިހަމަ ދެ ރުފިޔާ ހިފާގެން ކޮންމެ ގައުމަކުން ދިޔަނަމވެސް އުގުގަ ވާ އަންހެން ދަރި ހިބަ ކޮށްދޭނެ އެއްބަސް ނުވިއްޔާ މަރާލާކަށް ފަހަށްވެސް ނުޖެހޭ