ބިރުގަނެފައި ހުރި މީހަކު ހަމަޖައްސަން ޑޮކްޓަރުން ކީ ލަވައެއް!

މިސްރަތް ހޮސްޕިޓަލެއްގައި އޮަޕަރޭޝަނެެއް ކުރަން ތައްޔާރުވެފައި އޮތް އަންހެނަކު ބިރުން އުޅޭތީ ޑޮކްޓަރުން މި ވަނީ ތަފާތު ކަމެއް ކޮށްފައެވެެ.

އެ މީހާ އޮޕަރޭޝަނަށް ބިރުގަނެފައި ހުރުމުން އެކަމާއި ދުރުކުރުމަށް، ތިން ޑޮކްޓަރު ކިޔާދިނީ ލަވައެވެ. މިއާއެކު އެ ޑޮކްޓަރުންނަކީ ހީރޯއިން ކަމަށް އެތައް ބަަޔަކު ދަނީ ބުނަމުންނެވެ.

މިހާރު މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ބިރުން ހުރި އެ އަންހެން މީހާ އޮޕަރޭޝަން ތިއޭޓަރުގައި އިންއިރު، އޭނާގެ ކައިރީގައި ތިބެގެން ޑޮކްޓަރުން އޭނާ ހަމަޖައްސަން މަސައްކަތް ކުރާ މަންޒަރެވެ. އެގޮތުން އެ ވީޑިއޯއިން ޑޮކްޓަރުން ލަވަ ކިޔާ މަންޒަރުވެސް ފެނިގެން ދެއެވެ.

https://youtu.be/Zbis4MYmzjw

ފުރަތަމަ އެ ވީޑިއޯއިން ފެނިގެން ދަނީ ޑޮކްޓަރުން އޭނާއާ ވާހަަަަކަދައްކާ ތަނެވެ. އޭނާ ހުރީ ވަރަށް ބިރުގަނެފައިކަން އެ މޫނު މަތިން އެނގެއެވެ. އެހެންކަމުން އޭނާ ހަމަޖެއްސުމުގެ ގޮތުން މިއުޒިކާއެކު ޑޮކްޓަރުންވެސް ލަވަކިޔަން ފަށައެވެ.

އެ މީހުން ކިޔާފައިވާ ލަވައަކީ މިސްރުގެ ލަވަކިޔުންތެރިޔާ މުހައްމަދު ހަމަކީގެ ޑޯންޓް ލީވްމީ އެގެެއިން ލަވައެވެ. މިއީ ވަރަށް މަޝްހޫރު ލަވައެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މމިފަދަ ކަންކަންކަމަކީ އެ މީހާ އޮޕަރޭޝަނަށް ތައްޔާރު ކުރުމުގެ ގޮތުން މީގެ ކުރިންވެސް ކުރަމުން ގޮސްފައިވާ ކަންކަމެވެ.