މެކްސިކޯ އަށް މިދިޔަ ހަފްތާގައި އައި ބާރުގަދަ ބިންހެލުމާއި އެކު ބިންހެލުން އައި ސަރަހައްދުގެ ފަޒާ އެއްކޮށް ނޫކުލައިން ދިއްލިގެން ހިނގައްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ މެންދަމު މެކްސިކޯގެ އަކަޕޫލްކޯ ނަމަކަށް ކިޔާ ރިސޯޓް ކައިރިއަށް އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 7.0 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ބިންހެލުމުގެ ސަބަބުން އެކަކު މަރުވެ ބައެއް އިމާރާތްތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.
އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ލޮޅުން އެރުމާއިއެކު ފަޒާ އެއްކޮށް ނޫކުލައިގެން ދިއްލިގެން ދިޔައެވެ. އޭރު ބިންހެލުމުގެ ސަބަބުން ބައެއް މީހުން ތިބީ އިމާރާތްތަކުން ނިކުމެއެވެ. ބިންހެލުމާއިއެކު ފަޒާ ނޫކުލައަށް ދިއްލިގެން ދިއުމާއިއެކު ގިނަ މީހުންނަށް އިތުރު ބިރުވެރިކަމެއް އިހްސާސް ކުރެވުނެވެ. އެއީ ބިންހެލުމާއިއެކު މިފަދަ ގޮތަކަށް ފަޒާ ދިއްލިގެންދާ މަންޒަރު އާއްމުކޮށް ނުފެންނާތީއެވެ.
ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ބިންހެލުމާއިއެކު ފަޒާއަށް މިފަދަ ކުލަތަކެއް އެރުމަކީ އާދަޔާއި ހިލާފު ކަމެއް ނޫނެވެ. ބިންހެލުމާއިއެކު މިފަދަ ކުލަތައް ފަޒާއަށް އަރަނީ ބިންހެލުމާއިއެކު ފަރުބަދަ ކައިރީ ހުންނަ ހިލަތައް އެއްހިލަގަނޑު އަނެއް ހިލަގަނޑާއި ޖެހި އިލެކްޓްރޯނިކް ހަރަކާތްތަކެއް ހިނގުމުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ބައެއް ފަހަރު މިއީ ކަނޑު އަޑީގައި ބިން އުފެދިފައިވާ ޕްލޭޓް އެކަތި އަނެކައްޗާއި ޖެހި މުޑި އަރައި އިލެކްޓްރޯނިކް ހަރަކާތްތައް އުފެދުމުން އަރާ ކުލައެއް ނުވަތަ އައްޔެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މެކްސިކޯ އަށް އައި ބިންހެލުމާއިއެކު ފަޒާއަށް ކުލަތައް އަރައިގެން ދިޔައިރު މިއީ އަލަށް ހިނގި ކަމެއް ނޫނެވެ. މީގެ ކުރިން ވެސް ބިންހެލުންތަކާއި ގުޅިގެން ކުލަތަކުން ފަޒާ ދިއްލިފައި އެބަހުރި ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ސައިންސް ވެރިން ދެން ކޮންމެވެސް އެއްޗެކޭ ކިޔަނީ މާ މޮޅުބަޔަކަށް ވާންވެގެން
ބަލަ މޮޅުވާކައް ނޫނޭ ގަާމާރާ ދިރާސާ ކޮއް ބަލާފަ އޭ އެ ބުނަނީ
ދީނުގަ އޮތީ ކަން ކަން ދިރާސާ ކޮށް އުން ގެނި ވިސްނާ ފިކުރު ކުރާށޭ އަންގަ ނަގައި ގެން ހުންނާކަށް ނޫނެ.
ކަން ކަން ދިމާވުމުން ނަމާދު ކޮށް ދުއާ ކުރުމަކުން ކަން ކަން ހައްލެއް ނުވާނެ އެހެންވެ ދިނުގަ އޮންނަނީ ޢެ ކަން ކަމަށް އަމަލު ކުރަން . ބަލި މަދު ކަމެއް ދިމާވުމުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އޮންނަނީ އެހެންވެ
އަހަރެމެން ޑައިވީނަށްގޮސް އަޑީގަތިބޭއިރު ވިދާގުގުރިއަސް ރޭކާވެސްނުލާ !